ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 00:14
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ޕްެރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ.
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ޕްެރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ.
މިހާރު
ކޮރަޕްޝަން
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަން ހިންގާފައި ވޭތޯ ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އެ މިނިސްޓްރީން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައެވެ. އެގޮތުން މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސްކޮށް ފައިސާ ދީފައި ވުމާއި، މާލީ ބަޔާން ހުށަނޭޅުމާއި ދަރުބާރުގެ މާލަންތައް ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ ފައިސާ ހޯދާފައި ނުވުން ހިމެނެ އެވެ. އަދި އެއްބަސވުމުގައި ސޮއިކުރުމުގެ ކުރިން މަސައްކަތް ހަވާލުކޮށް ފައިސާ ދޫކުރުންފަދަ ކަންކަންވެސް ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހައުސިންގް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ކަންކަން އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން 2014 ވަނަ އަހަރު މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާއިރު އެ އަހަރުވެސް އެމިނިސްޓްރީގެ ވަޒީރަކަށް ހުންނެވީ މިހާރުވެސް ވަޒީރު ޑރ. މުހައްމަދު މުއިއްޒުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް