ކ. މާލެ
|
15 މެއި 2018 | އަންގާރަ 21:34
މަސް ރޮށި
މަސް ރޮށި
ރާއްޖެއެމްވީ
ރޯދަ އާއި ސިއްހަތު
ރޯދަ މަހު މިގޮތަށް ހެދިކާ ހަދާތި
 
ހެދިކާ އަކީ ވަރަށް އަވަހަށް ބަނޑުފުރޭ، އަދި ހަކަތަ ލިއްބައިދޭ އެއްޗެކެވެ.

ތެލުލި ހެދިކާ އަކީ އާންމުކޮށް ދިވެހިން ރޯދަ ވީއްލުމުގައި ވެސް އަދި ރޯދަ ވީއްލުމަށް ފަހުވެސް ވަރަށް ގިނައިން ބޭނުންކޮސް އުޅޭ އާންމު އެއްޗެކެވެ. ތެލުލި ހެދިކާ އަށް ވުރެ ބޮޑަށް ފިހުނު ހެދިކާގެ ބާވަތްތައް ބޭނުން ކުރުން މުހިއްމެވެ. ހެދިކާގެ އިތުރުން ފިހުނު މަސް،ފިހުނު ކުކުޅު، ބޯންލެސް އަދި ބީފްގެ ބާވަތްތައް ވެސް ބޭނުން ކުރުން ރަނގަޅެވެ.

ފައިދާ:

  • ފިހުނު ފަރުމަސް،ކަނޑުމަސް، ކުކުޅު ނުވަތަ ބީފްގެ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ "ޕްރޮޓީންސް"  އެންމެ ފުރިހަމަ ވަރަށް ލިބިގެންދާނެއެވެ.
  • ޕްރޮޓީންސް ލިބިގެންދާނީ މުޅި ދުވަހަށް އެކަށޭނަ ވަރަށެވެ.
  • ހެދިކާ އަކީ ވަރަށް އަވަހަށް ބަނޑުފުރޭ، އަދި ހަކަތަ ލިއްބައިދޭ އެއްޗެކެވެ.

ސިއްހަތަށް ފައިދާ ހުރި ގޮތަކަށް އެކި ބާވަތްތަކުގެ ހެދިކާ ހެދިދާނެ އެވެ. ތެލުލި ހެދިކާ ރޯދަ މަހު ގިނައިން ބޭނުންކުރާނަމަ، ގޭސްޓްރިކް މައްސަލަ ބޮޑުވެ، އަދި މޭއެންދުން ފަދަ ކަންކަމާ ދިމާވާނެ އެވެ. މިއީ ރޯދަ އަށް ހުންނައިރު، އެތައް އުނދަގޫތަކެއް އިހްސާސްކުރެވޭނެ ކަމެކެވެ. އެހެންވެ، ތެޔޮ ހެދިކާ ކެޔުމަށް ދެވި ހިފާފައި ހުންނަ މީހުންގެ މި އާދަ ބަދަލުކޮށްލަންޖެހޭނެ އެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
80%
0%
20%
0%
0%
ކޮމެންޓް
ގުޅުންހުރި