ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 20:17
މެންޗެސްޓާ ޔުނައިޓުގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
މެންޗެސްޓާ ޔުނައިޓުގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގޫގުލް
އިނގިރޭސި އެފްއޭކަޕް
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
 
ޔުނައިޓެޑަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން

އިނގިރޭސި އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ވިގަން އެތުލެޓިކް އާއި ބައްދަލުކުރަން ޖެހިއްޖެ އެވެ.

 

އެފްއޭކަޕްގެ ހަތަރުވަނަ ބުރުގެ ގުރުއަތުލުން ހޯމަ ދުވަހުގެރޭ ބޭއްވިއިރު، ޔުނައިޓެޑަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަދި ވިގެންއަކީ 2013 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ، ޔުނައިޓެޑްގެ ދަނޑުގައެވެ.

 

ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ ބައްދަލުކުރާނީ ބްރެންޓްފޯޑްއާ އެވެ. އަދި މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓަ ސިޓީ ބައްދަލުކުރާނީ، ޑާބީ ކައުންޓީއާ އެވެ. ޓޮޓެންހަމްއިން ވިކަމް ވަންޑަރާސް އާއި ބައްދަލުކުރަން ޖެހުނުއިރު، މެންޗެސްޓަރ ސިޓީ ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސް އާއި ބޮލްޓަން ބައްދަލުކުރާ، ރީޕްލޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

 

ޕްރިމިއަރ ލީގުގެ ފަސްވަނައިގައި އޮތް އާސެނަލް ބައްދަލުކުރަން ޖެހޭނީ، ސައުތްހެމްޓަން އާއި ނޯވިޗް ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މީގެ އިތުރުން ތިންވަނަ ބުރުގެ މެޗުން ލިވަޕޫލަށް ޕްލިމައުތް ބަލިކުރެއްވިއްޖެ ނަމަ، އެޓީމު ހަތަރުވަނަ ބުރުގައި ބައްދަލުކުރާނީ ވުލްވްސްއާ އެވެ.

 

މުބާރާތުގެ ހަތަރުވަނަ ބުރުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 27 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް