ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 20:06
ހޯޑެއްދޫގައި ކެރޭނެއް މޫދައް ވެއްޓެނީ
ހޯޑެއްދޫގައި ކެރޭނެއް މޫދައް ވެއްޓެނީ
ފޭސްބުކް
ހާދިސާ
ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ
 
ކެރޭނު ވެސް ވަނީ ފަޅުތެރެއަށް އަޑިއަށް ގޮސްފައި

ގދ. ހޯޑެއްދޫގައި ދޯންޏެއްގެ މައްޗަށް ކެރޭނެއް އަރައި ދޯނި އަޑިއަށް ހިނގައްޖެ އެވެ.

 

ހޯޑެއްދޫ ކައުންސިލްގެ މެމްބަރަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންގާރަ ދުވަހު ހޯޑެއްދޫގައި ހިނގާދިޔަ ކެރޭން އެކްސިޑެންޓްގައި ކެރޭން ވެއްޓުނު ދޯންޏަށް ވަރަށް ބޮޑަށް ގެއްލުންވެ ފަޅު ތެރެއަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

 

އޭނާ ވިދާޅުވީ އެ ކެރޭނަކީ އެހެން ދޯންޏަކަށް މުދާތަކެއް އެރުވުމަށް އެދިމާއަށް މުދާ ޖަމާކުރަމުންދިޔަ ކެރޭނެއް ކަމަށާއި ކެރޭނު ވެއްޓުނީ ކީއްވެގެން ކަމެއް ސާފު ނުވާ ކަމަށެވެ. ކެރޭނު ވެއްޓު ދޯނި އެދިމާލަށް ގާތްކޮށްފައި އޮތީ އެ ދޯނީގެ އިންޖީނުގެ މައްސަލައެއް ޖެހިގެން މަރާމާތު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ ދޯންޏަށް ކެރޭނު އެރުމާ އެކު އިރުކޮޅެއް ނުވެ ކެރޭނު ވެސް މޫދަށް ވެޓި އަޑި އަށް ގޮސްފައިވާ ކަަމަށެވެ.

 

އޭނާ ވިދާޅުވީ އެސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށެވެ.

 

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ހޯޑެއްދޫ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް