ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 16:53
ސްވިމިން އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ކ) އަދި އެސޯސިއޭޝަނުގެ ޙަޒާންދާރު ޢަލީ ޝަމީމް (ވ)
ސްވިމިން އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ކ) އަދި އެސޯސިއޭޝަނުގެ ޙަޒާންދާރު ޢަލީ ޝަމީމް (ވ)
ގޫގުލް
ސްވިމިންގ
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
 
މުޙައްމަދު ޢަބްދުއްސައްތާރު ހޮވިފައިވަނީ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަކަށް

އޭޝިއާ ބައްރުގެ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްޢިއްޔާ، އޭޝިއަން ސްވިމިންގ ފެޑަރޭޝަން (އޭއޭއެސްއެފް)ގެ ޓެކްނިކަލް ސްޓޭންޑިންގ ކޮމިޓީތަކުގެ ގޮޑީތަކުގެ ތެރެއިން 2 ގޮނޑި ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.

 

2020 ވަނަ އަހަރާ ހަމައަށް ނަގާފައިވާ މި ކޮމިޓީތަކުގެ ތެރެއިން ސްވިމިން އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ހޮވިފައިވަނީ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަކަށެވެ. އަދި ފައިނޭންސް އެންޑް މާރކެޓިންގ ކޮމިޓީގެ މެންބަރަކަށް ހޮވިފައިވަނީ އެ އެސޯސިއޭޝަނުގެ ޙަޒާންދާރު ޢަލީ ޝަމީމެވެ.

 

ސްވިމިންގ އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ އިތުރުން އޮލިމްޕިކް ކައުންސިލް ފޮރ އޭޝިއާގެ ސްޕޯރޓްސް ފޮރ އޯލް ކޮމިޓީގެ މެންބަރެއް ވެސް މެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް