ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 10:38
ގްރީންޓީގެ ފުރިހަމަ ފައިދާ ލިބެނީ ބޯންވާ ވަގުތުގައި ބުއިމުން
ގްރީންޓީގެ ފުރިހަމަ ފައިދާ ލިބެނީ ބޯންވާ ވަގުތުގައި ބުއިމުން
އާމިނަތު ނުޒުހާ
ސިއްހަތު
ގްރީން ޓީ ބުއިމަށް އެންމެ ރަނގަޅު ވަގުތުތައް
 
އެކަކަށް ގްރީން ޓީ ބޯ ރަނގަޅު ގަޑި އަކީ އަނެކަކަށް ކަމު ނުދާ ގަޑިއަކަށްވެސް ވެދާނެ

ބުނެވޭ ގޮތުގައި ގްރީން ޓީ އަކީ ބުއިންތަކުގެ ތެރެއިންވެސް އެންމެ ފައިދާ ހުރި ބުއިމެވެ. ސިއްހީ އެކި ކަންކަމުގައި ގްރީން ޓީ ބޮއި ހަދައެވެ. އެގޮތުން ސިކުނޑީގެ ދުޅަހެއުކަމަށާއި، ތަންތަން ދުޅަވުމާއި، ބަރުދަން ލުއިކުރުމުގެ އިތުރުން ހަށިގަނޑަށް އަރާމު ލިއްބައިދިނުމުގައި ގްރީން ޓީ އެހީތެރިވެދެއެވެ.

ގްރީން ޓީ ބުއިމަށް ވަކި ގަޑިތަކެއް ރަނގަޅުކަމަށް ބުނިނަމަވެސް އެކަން ބަރޯސާވަނީ އެމީހަކު ގްރީން ޓީ ބޯ ސަބަބަށެވެ. އެހެންކަމުން ފުރަތަމަ ބަލަން މި ޖެހެނީ އެ ބުއިން ބޮނީ ކޮން ކަމެއްގައި ތޯއެވެ. އެކަކަށް ގްރީން ޓީ ބޯ ރަނގަޅު ގަޑި އަކީ އަނެކަކަށް ކަމު ނުދާ ގަޑިއަކަށް ވެދާނެއެވެ.

ބަރުދަން ލުއިކުރުމަށް

ބަރުދަން ލުއި ކުރުމަށް ގްރީން ޓީ ބޯން ބޭނުންނަމަ އެކަމަށް އެންމެ ރަނގަޅު ވަގުތަކީ، ޖިމްއަށް ނުވަތަ ކަސްރަތު ކުރުމުގެ ކުރިއެވެ. އަދި ދުވަން ދާނަމަ ވެސް ދުވަން ދިއުމުގެ ކުރިންނެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިން ބޯލުމުން ރަނގަޅުވާނެއެވެ. ގްރީން ޓީ ގައި ހިމެނޭ ދެ މާއްދާއެއްގެ ސަބަބުން މެޓަބޮލިޒަމް ހަލުއިކޮށްލައެވެ.

ހަކަތަ އިތުރުކުރުމަށް

ކޮފީ ފަދަ ތަކެއްޗަކީ އޭގައި މަތީ މިންވަރަކަށް ކެފެއިން އެކުލެވޭ ބާވަތްތައް ކަމަށް ވުމާއިއެކު، ހެނދުނު ހެނދުނާ ދުވަސް ފެށުމުގެ ގޮތުން ގްރީން ޓީއެއް ބޯލެވިދާނެއެވެ. ހަކަތަ އިތުރުކޮށްދީ މީހާ ހަމައަކަށް އަޅުވާލަދެއެވެ.

ގޭސްޓްރިކް މައްސަލަ ދިމާވާ މީހެއް ނަމަވެސް އަދި އެނޫން މީހުންވެސް ހެނދުނު ހުސްބަނޑާހުރެ ގްރީން ޓީއެއް ބޯލުމުން މޭ އެންދުމާއި ވައިގެ އުނގަދުލުން ދުރުކޮށްދޭނެއެވެ. ހެނދުނު ގްރީންޓީ ބޯން ރަނގަޅީ ހެނދުނުގެ ނާސްތާއާއިއެކުގައެވެ.

.ހާސްކަމާއި ކަންބޮޑުވުމުން ދުރުވުމަށް

ސްޓްރެސް ނުވަތަ ހާސްކަމުން ދުރުހެލިވެ މީހާ މޫޑް ރަނގަޅުކޮށްލާ ހަމަޖެހިލުމަސް ގްރީން ޓީ އަކީ ވަރަށް މޮޅު އެއްޗެކެވެ. ދުވަހުގެ ބުރަ މަސައްކަތަށްފަހު ގެއަށް ގޮސް ހަމަޖެހިލައިގެން ގްރީން ޓީއެއް ބޯލާށެވެ. ހަނދާން ކުރާށެވެ. ގްރީން ޓީ އަކީވެސް އޭގައި ކެފެއިން އެކުލެވޭ އެއްޗެކެވެ. ބައެއް މީހުނަށް ކެފެއިން ބޭނުންކުރުމުން އުނދަގޫތަކެއް ކުރިމަތި ވެދާނެއެވެ. ގްރީން ޓީ ގައި އެކުލެވޭ ކެފެއިންގެ މިންވަރު ދަށްކުރުމަށް ސައިފަތް ޕެކެޓް ހޫނުފެނަށް ލުމަށް ފަހު ނަގާށެވެ. އަދި ބޯން ބޭނުންވާ ތައްޓަށް ލުމަށްފަހު ބޭނުންވާ މިންވަަރަށް ފެން އަަޅައިގެން ބޯށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
29%
14%
0%
0%
57%
ކޮމެންޓް