ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 06:43
ލާ ލާ ލޭންޑްގެ ކާސްޓާއި ކްރޫގެ މެމްބަރުން
ލާ ލާ ލޭންޑްގެ ކާސްޓާއި ކްރޫގެ މެމްބަރުން
ގޫގުލް
ގޯލްޑަން ގްލޯބް އެވޯޑް
ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
 
އެތައް އަހަރަކަށް ފަހު ބެސްޓް އެކްޓްރެސް ކެޓަގަރީ ކަޅު ނަސްލުގެ މީހަކު ކާމިޔާބުކޮށްފި
 
ބެން އެފްލެކްގެ ކޮއްކެ، ކޭސީ އެފްލެކަށް ބެސްޓް އެކްޓަރ އެވޯޑް
 
މިއީ އެމާއާއި ރަޔަންގެ ފުރަތަމަ ގޯލްޑަން ގްލޯބް އެވޯޑް

 ހަތްދިހަ ހަތަރު ވަނަ ގޯލްޑަން ގްލޯބް އެވޯޑްސް ހޯމަ ދުވަހު ބާއްވާފައިވާއިރު، މި އަހަރު އެންމެ ކުރީގައި އޮތީ މިއުޒިކަލެއްކަމަށްވާ ލާ ލާ ލޭންޑެވެ.

ލޮސް އެންޖެހެލްސްގައި ހުންނަ ބެވަރލީ ހިލްޓަންގައި ބޭއްވި މި ހަފްލާ ހޯސްޓް ކުރީ މަޝްހޫރު ޓޯކް ޝޯވ ހޯސްޓް، ޖިމީ ފެލަން އެވެ.

މި އަހަރުގެ ހަފްލާގައި އެންމެ ކުރީގައި އޮތީ މިއުޒިކަލެއްކަމަށްވާ، ލާ ލާ ލޭންޑެވެ. އެ ފިލްމް ނޮމިނޭޓްވި ހަތް ކެޓަގަރީވެސް ކާމިޔާބިކޮށްފައިވާއިރު، ލާ ލާ ލޭންޑްވަނީ އެންމެ ގިނަ އެވޯޑް ހާސިލް ކުރި ފިލްމްގެ ރިކޯޑްވެސް މުގުރާލާފައެވެ.

ލްމްގެ މައި ރޯލުން ފެނިގެންދާ ރަަޔަން ރެނޮލްޑްސްއަށް އެންމެ މޮޅު އެކްޓަރ އިން އަ މިއުޒިކަލް ނުވަތަ ކޮމެޑީ ލިބިފައިވާއިރު، ހަމަ އެ ކަޓަގަރީގެ ބެސްޓް އެކްޓްރެސް އެވޯޑް ލިބުނީ އެފިލްމުން ފެނިގެންދާ އެމާ ސްޓޯންއަށެވެ. ބެސްޓް ޑައިރެކްޓަރގެ އެވޯޑް ލިބިފައިވަނީ އެ ފިލްގެ ޑައިރެކްޓަރ ޑޭމިއަން ޝަޒެލްއަަށެވެ. ބެސްޓް ސްކްރީންޕްލޭ ވެސް ލިބުނީ އޭނާއަށެވެ.

ބެސްޓް ސޯންގަށް ލާ ލާ ލޭންށްގެ "ސިޓީ އޮފް ސްޓާސް" ހޮވުނު އިރު، ބެސްޓް މޯޝަން ޕިކްޗަރ، މިއުޒިކަލް އޯ ކޮމެޑީއަށްވެސް ހޮވުނީ އެ ފިލްމެވެ.

މީގެ އިތުރުން، ބެޓްމޭންފަދަ ރޯލުން މަޝްހޫރު ބެން އެފްލެކްގެ ކޮއްކޮ، ކޭސީ އެފްލެކްއަށް ވަނީ ބެސްޓް އެކްޓަރ، ޑްރާމާގެ އެވޯޑް ލިބިފައެވެ. އޭނާއަށް އެވޯޑް ލިބުނީ، މެެންޗެސްޓަރ ބައި ދަ ސީގައި އޭނާ ކުޅެފައިވާ ރޯލަށެވެ. ބެސްޓް އެސްޓްރެސް، ޑްރާމާއަށް އެލްއިން ފެނިގެންދާ އިޒަބެލް ހަޕަރޓްއަށް ލިބުނުއިރު، އެންމެ މޮޅު ޑްރާމާއަށް ހޮވުނީ މޫން ލައިޓެވެ. 

ބެސްޓް ފޮރިން ލެންގުއެޖް ފިލްމަށް ހޮވިފައިވަނީ އެލްއެއްވެ.

ޓީވީއަށް ބަލާއިރު، ބެސްޓް އެކްޓްރެސް އިން އަ ކޮމެޑީ އޯ މިއުޒިކަލް އެވޯޑް ލިބިފައިވަނީ ބްލެކިޝްގެ ޓްރެސީ އެލިސް ރޮސްއަށެވެ. މިއީ ވޭތުވެދިޔަ 35 އަހަރުގައި މި ކެޓަގަރީ ކަޅު ނަސްލުގެ މީހަކު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 

އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ދަ ނައިޓް މެނޭޖަރއަށެވެ. އެއަށް ތިން އެވޯޑް ލިބިފައިވާއިރު، ޕީޕަލް ވާސަސް އޯޖޭއަށް ދެ އެވޯޑް ލިބިފައިވެއެވެ. އަދި ބެސްޓް ޓެލެވިޒަން ޑްެރާމާ ލިބިފައިވަނީ ނެޓްފްލިކްސްގެ ދަ ކްރައުންއަށެވެ.

މި އަހަރުގެ ސިސީލް ބީ ޑެމިލް އެވޯޑް ހާސިލް ކުރީ ޒަމާންވީ އެކްޓްރެސް، މެރީލް ސްޓްރީޕްއެވެ.

 

އިތުރު އިނާމުތައް:

ފިލްމް 

ބެސްޓް ސަޕޯޓިންގ އެކްޓަރ- އެރޮން ޓެއިލަރ ޖޮންސަން، ނޮކްޓަރނަލް އެނިމަލްސް

ބެސްޓް ސަޕޯޓިންގ އެކްޓްރެސް- ވައޯލާ ޑޭވިސް، ފެންސެސް

ބެސްޓް އެނިމޭޓެޑް ފިލްމް- ޒޫޓޯޕިއާ

ޓީވީ

ބެސްޓް އެކްޓަރ، ޑްރާމާ- ބިލީ ބޮބް ތޯންޓަން، ގޮލާއަތު

ބެސްޓް ސީރީޒް، ކޮމެޑީ އޯ މިއުޒިކަލް- އެޓްލަންޓާ

ބެސްޓް ޕަރފޯމަންސް ބައި އެން އެކްޓްރެސް އިން އަ މިނީ ސީރީޒް އޯ މޯޝަން ޕިކްޗަރ މޭޑް ފޯ ޓެލެވިޒަން- ސޭރާ ޕޯލްސަން، ދަ ޕީޕަލް ވާސަސް އޯޖޭ: އެން އެމެރިކަން ކްރައިމް ސްޓޯރީ

ބެސްޓް ލިމިޓެެޑް ސީރީޒް އޯ މޯޝަން ޕިކްޗަރ މޭޑް ފޯ ޓެލެވިޒަން- ދަ ޕީޕަލް ވާސަސް އޯޖޭ: އެން އެމެރިކަން ކްރައިމް ސްޓޯރީ

ބެސްޓް ޕަރފޯމަންސް ބައި އެން އެކްޓަރ އިން އަ ސަޕޯޓިންގ ރޯލް އިން އަ މިނީ ސީރީޒް އޯ މޯޝަން ޕިކްޗަރ މޭޑް ފޯ ޓެލެވިޒަން- ހިއު ލައުރީ، ދަ ނައިޓް މެނޭޖަރ

ބެސްޓް ޕަރފޯމަންސް ބައި އެން އެކްޓްރެސް އިން އަ ސަޕޯޓިންގ ރޯލް އިން އަ މިނީ ސީރީޒް އޯ މޯޝަން ޕިކްޗަރ މޭޑް ފޯ ޓެލެވިޒަން- އޮލިވިއާ ކޮލްމަން، ދަ ނައިޓް މެނޭޖަރ

ބެސްޓް ޕަރފޯމަންސް ބައި އެން އެކްޓަރ އިން އަ މިނީ ސީރީޒް އޯ މޯޝަން ޕިކްޗަރ މޭޑް ފޯ ޓެލެވިޒަން- ޓޮމް ހިޑްލްސްޓަން، ދަ ނައިޓް މެނޭޖަރ

ބެސްޓް އެކްޓްރެސް، ޓެލެވިޒަން، ޑްރާމާ- ކްލެއާ ފޯއި، ދަ ކްރައުން

ބެސްޓް އެކްޓަރ އިން އަ ކޮމެޑީ އޯ މިއުޒިކަލް- ޑޭވިޑް ގްލޮވަރ، އެޓްލަންޓާ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް