ކ. މާލެ
|
8 ޖެނުއަރީ 2017 | އާދީއްތަ 20:05
އުމުރުފުޅުން 72 އަހަރުގެ އަކުފޮ-އެޑޯވަނީ މަތީ ސާނަވީ ތައުލީމް ހިލޭ ފޯރުކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ
އުމުރުފުޅުން 72 އަހަރުގެ އަކުފޮ-އެޑޯވަނީ މަތީ ސާނަވީ ތައުލީމް ހިލޭ ފޯރުކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ
ގޫގުލް
މައުމޫން
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

ގާނާގައި މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ޖޯން މަހްމާ ބަލިކުރެއްވުމަށް ފަހު އިންތިޚާބު ކާމިޔާބު ކުރެއްވި ނޭނާ އަކުފޮ-އެޑޯ އާ ރައީސްކަމުގެ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

 

މަގާމުގެ ހުވާ ކުރެއްވުމަށް ވެރިރަށް އަކްރާގައި ބޭއްވި ރަސްމިއްޔާތައް އެފްރިކާގެ ގައުމުތަކުގެ ވެރިންނާއި އެތައްހާސް މެހެމާނުންނާއި އިއްޒަތްތެރީން ވަޑައިގެންނެވިއެވެ.

 

އިންސާނީ ހައްގުތަކަށް ވަކާލާތުކުރައްވާ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އުމުރުފުޅުން 72 އަހަރުގެ އަކުފޮ-އެޑޯވަނީ މަތީ ސާނަވީ ތައުލީމް ހިލޭ ފޯރުކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

 

ނަމަވެސް ފާޑުކިޔާ ފަރާތްތަކުންދަނީ އެ ކަންކަކަމަކީ ކުރެވިދާނެ ކަންކަންތޯ ސުވާލު އުފައްދަމުންނެވެ.

 

އަކުފޮ-އެޑޯ ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ މި ފަހަކަށް އައިސް އެގައުމުގައި ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުވެގެންދިއަ ފަހަރެކެވެ.

 

ވެރިރަށުގެ އިންޑިޕެންޑެންޓް ސްކުއެއާގައި ހޮނިހިރު ދުވަހު މަގާމާ ހަވާލުވެ ވަޑައިގަންނަވަމުން އޭނާ ވަނީ ގާނޫނު އަސާސީ ރައްކާތެރިކޮށް ހިމާޔަތް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

 

އަކުފޮ-އެޑޯވަނީ އެ ގައުމުގައި އަސްކަރިއްޔާއިން ވެރިކަން ހިންގަމުން ގެންދެވި ދުވަސްވަރު ވެސް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ގައުމު ބަދަލުކުރުމަށް މަސައްކަތް ކުރައްވާފައެވެ.

 

އެން ޕީޕީގެ ސަރުކާރުގައި 2001ން 2007 އަށް ޖަސްޓިސް މިނިސްޓަރުކަމާއި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ އަކުފޮ-އެޑޯވަނީ ތިން ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް