ކ. މާލެ
|
8 ޖެނުއަރީ 2017 | އާދީއްތަ 17:17
ބޮލީވުޑް ފިލްމު "ޑަންގަލް" ގެ ޕޯސްޓަރެއް
ބޮލީވުޑް ފިލްމު "ޑަންގަލް" ގެ ޕޯސްޓަރެއް
ގޫގުލް
މައުމޫން
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

އާމިރް ޚާންގެ ބަޔޮގްރަފިކަލް ސްޕޯޓްސް ޑްރާމާ ފިލްމު "ޑަންގަލް" 2016 ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެފައިވާއިރު، މިފިލްމު މިހާރު ވަނީ ބޮލީވުޑްގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވުމުގެ މަގުމަތީގައެވެ.

 

ފިލްމު ރިލީޒްކުރިތާ އެންމެ 15 ދުވަސްތެރޭގައި ފިލްމަށް ލިބުނު އާމްދަނީ 320 ކްރޯޑް ރުޕީސްއަށް ވަނީ އަރާފައެވެ. މިއާއެކު "ޑަންގަލް" އިން ވަނީ ސަލްމާން ޚާންގެ "ސުލްޠާން" ވެސް ފަހަތަށް ޖައްސާލާފައެވެ.

 

އާމިރް ޚާންގެ އިތުރުން ފާތިމާ ސަނާ ޝައިޚް، ސާނިޔާ މަލޯތްރާ، ސާކްޝީ ތަންވާރް، ޒާއިރާ ވަސީމްގެ އިތުރުން ސުހާނީ ބަޓްނާގަރް ލީޑް ރޯލުތަކުން ފެނިގެންދާ މިފިލްމަކީ ބޮލީވުޑްގެ ތާރީޚުގައި ވެސް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ފިލްމު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިމަޤާމުގަައި އަދި އޮތީ ގާތްގަނޑަކަށް 320.34 ކްރޯޑް ރުޕީސްއާއެކު ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ ސަލްމާން ޚާންގެ ފިލްމު "ބަޖްރަންގީ ބައިޖާން" އެވެ. މިމަޤާމް ކަށަވަރުކުރުމަށް "ޑަންގަލް" އަށް ދެން ބޭނުންވަނީ ދެތިންހާހެއްހާ ރުޕީސް ކަމަށް ޚަބަރުތައް ބުނެއެވެ.

 

"ޑަންގަލް" އިން ވަނީ ހަފްތާ ބަންދުގައި 22 ކްރޯޑް ރުޕީސް ހޯދައިގެން "ބަޖްރަންގީ ބައިޖާން" ގެ ރެކޯޑެއް ވެސް މުގުރާލާފައެވެ. "ބަޖްރަންގީ ބައިޖާން" އިން ރެކޯޑް ހަދާފައިވަނީ ހަފްތާ ބަންދުގައި 19 ކްރޯޑް ރުޕީސް ހޯދައިގެންނެވެ.

 

ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ޑަންގަލް" އަކީ ފާއިތުވި އަހަރުގެ ތެރޭގައި ނެރުނު އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

 

އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ބޮލީވުޑްގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް އާމިރް ޚާންގެ 2014 ވަނަ އަހަރު ނެރުނު ފިލްމު "ޕީކޭ" ވެފައިވާއިރު، މި މަޤާމަށް ދެންވެސް ވާދަކުރަން ޖެހިފައި މިވަނީ އާމިރް ޚާންގެ ފިލްމަކަށް ވުމެވެ. "ޕީކޭ" އަށް އެ މަޤާމް ލިބިފައިވަނީ 340 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިގެންނެވެ. "ޕީކޭ" ވައްޓާލުމަށް ފަހު އެ ޖާގަ "ޑަންގަލް" އިން ކަށަވަރުކުރާނެ ކަމަށް އެތައް ބަޔަކު ޤަބޫލުކުރެއެވެ.

 

އިންޑިޔާގެ ވެރިރަށް ދިއްލީގައި މިފިލްމު ޓެކްސް ފްރީ ކޮށްފައިވާއިރު، އިންޑިޔާ ސަރުކާރުން ވަނީ އަވަށްޓެރި ސްޓޭޓްތައް ކަމަށްވާ ހަރިޔާނާ އާއި އުއްތަރް ޕްރަދޭޝްގައި ވެސް މިފިލްމު ޓެކްސް ފްރީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް