ކ. މާލެ
|
8 ޖެނުއަރީ 2017 | އާދީއްތަ 08:47
ގަތަރު އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް
ގަތަރު އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް
އޭއެފްޕީ
މައުމޫން
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
 
ނޯވަކް ޖޮކޮވިޗް
 
އެންޑީ މުރޭ
 
ގަތަރު އޯޕަން

ގަތަރު އޯޕަން ޓެނިސް މުބާރާތުގައި ސްޕެއިންގެ އެންޑީ މަރޭ ބަލިކޮށް ސާބިއާގެ ނޯވަކް ޖޮކޮވިޗް ތަށި ދިފާއުކޮށްފި އެވެ.

 

ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ މަރޭއާ ވާދަކޮށް ދުނިޔޭގެ ދެ ނަމްބަރު ޓެނިސް ކުޅުންތެރިޔާ ފައިނަލް މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ.

 

މެޗުގެ ފުރަތަމަ ސެޓް 3-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖޮކޮވިޗް އެވެ. އެހެންނަމަވެސް ދެވަނަ ސެޓް 5-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަރޭ އެވެ. ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓް މަރޭއާ ވާދަކޮށް ޖޮކޮވިޗް ކާމިޔާބުކުރީ 4-6 ގެ ނަތީޖާއަކުންނެނެވ.

 

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޖޮކޮވިޗް ބުނީ ރައިވަލް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް މޮޅުވުން އެއީ އަހަރު ރަނގަޅަށް ފަށަން ލިބުނު ފުރުސަތެއް ކަމަށެވެ.

 

މަރޭ ބުނީ ބަލިވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކުން ކަމަށާއި، މެޗު ވަރަށް ވާދަވެރިކަމަށެވެ.

 

މި ދެ ކުޅުންތެރިން ވެސް ކުރިޔަށް އޮތް އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާނެ އެވެ. ގްރޭން ސްލޭމް މި މުބާރާތް ފެށުމަށް ހަމެޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް