ކ. މާލެ
|
8 ޖެނުއަރީ 2017 | އާދީއްތަ 08:09
އާސެނަލް އާއި ޕްރިސްޓަން ނޯތް ލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލް އާއި ޕްރިސްޓަން ނޯތް ލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
މައުމޫން
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
 
ޕްރިސްޓަން ނޯތް ލޭންޑް
 
އާސެނަލް
 
އެފްއޭކަޕް

އެފްއޭކަޕްގައި ފަހު ވަގުތު އޮލިވާ ޖިރޫޑް ކާމިޔާބުކޮށްދިން ލަނޑުން އަނެއްކާ ވެސް އާސެނަލް ސަލާމަތްވެއްޖެ އެވެ.

 

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޕްރިސްޓަން ނޯތު ލޭންޑާ ވާދަކޮށް އާސެނަލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

 

ޕްރިސްޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތް ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބިންސަން އެވެ.

 

މި ލަނޑަށް ފަހު ވެސް ޕްރިސްޓަނުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ. އެހެންނަމަވެސް އާސެނަލް އިން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާފަ އެވެ.

 

އެގޮތުން އާސެނަލް އިން ވަނީ ފުލުފުލުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޕްރިސްޓަން ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި އާސެނަލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާރޮން ރަމްސީ އެވެ.

 

މި ލަނޑަށް ފަހު ވެސް އާސެނަލް އިން ދިޔައީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން އޮކްސްލެޑް ޗެމްބަލިން އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

 

މެޗުގެ ނިމެން މިނެޓަކަށްވެފައި ވަނިކޮށް އޮލިވާ ޖިރޫޑް ވަނީ އާސެނަލް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީ މުބާރާތުގެ ހަތަރުވަނަ ބުރަށް ކޮލިފައިކޮށްދީފަ އެވެ. އެގޮތުން ހަތަރުވަނަ ބުރުގައި އާސެނަލް ކުޅޭނެ ޓީމެއް ކަށަވަރުވާނީ ތިންވަނަ ބުރުގެ މެޗުތަކަށްފަހު އެވެ. އަނިޔާގެ ސަބަބުން ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ޑެނީ ވޮލްބެކް ވަނީ މި މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނުކުމެފައެވެ. ސީޒަނުގެ ބޮޑު ބައެއް އޭނާ ހޭދަކޮށްފައި ވަނީ އަނިޔާގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް