ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 20:29
އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ގޫގުލް
އިޒްރާއީލް
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

(6 ވަނަ ދުވަހުގެ ހަބަރެއް)

ކޮރަޕްޝަންގެ ތުހުމަތުގައި އިޒްރޭލްގެ ފުލުހުން އެޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އަނެއްކާވެސް ސުވާލު ކޮށްފިއެވެ.

 

ފުލުހުން ބުނީ އެއީ ނަތަންޔާހޫއާ މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގުގެ ތެރެއިން ސުވާލު ކުރެވުނު ދެވަނަ ފަހަރު ކަމަށެވެ.

 

ނަތަންޔާހޫއާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވަނީ އުސޫލުތަކުގެ ބޭރުން ވިޔަފާރިވެރިއެއްގެ އަތުން އެތައް ހާސް ޑޮލަރެއް ހަދިޔާގެ ގޮތުގައި ބަލައިގެންފައިވާތީއެވެ.

 

ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާގެ މައްޗަށް ތުހްމަތު ކުރެވޭ ކަންކަމަކީ ދޮގެއް ކަމަށެވެ.

 

އިޒްރޭލްގެ ފުލުހުން ބުނެފައިވަނީ ބުރާސްފަތި ދުވަހު ސުވާލު ކޮށްފައިވަނީ މުޅިން ތަފާތު ކަމެއްގައި ކަމަށެވެ. ނަމަވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.އަދި ނަތަންޔާހޫގެ އޮފީހުން ވެސް ބަހެއް ނުބުނެ އެވެ.

 

މިދިޔަ ހޯމަ ދުވަހު ސުވާލު ކުރުން 5 ގަޑިއިރަށް ދިގުދެމިގެން ދިޔަނަމަވެސް ބުރާސްފަތި ދުވަހު ފުލުހުން ނަތަންޔާހޫއާ ސުވާލުކުރުމުގެ ހޭދަކޮށްފައިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް