ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 22:13
ބަނޑުހައިވީމަ ރުޅިގަދަވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެއް
ބަނޑުހައިވީމަ ރުޅިގަދަވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެއް
ގެޓީ އިމޭޖަސް
ސިއްހަތު
ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟
 
ބަނޑުހައިވުމާއި ރުޅިގަދަވުމަކީ ގުޅިފައިވާ ދެ ކަންތައްކަމަށް ސައިންސްވެރިން ބުނޭ

ބަނޑުހައިވެފައި ހުންނަ ގަޑީގައި ރުޅިގަދަވުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އަދި ބަނޑުހައިވެފައި ހުންނަ ގަޑިއެއްގައި ރުޅި އަންނަ ޒާތުގެ، ނުވަތަ ހިތްހަމަނުޖެހޭ ޒާތުގެ ކަމެއް މީހަކު ކުރާނަމަ ވަރަށް ގިނަ ފަހަރަށް "އަހަރެން މިހިރީ ނުކައި، ރުޅި ގަދަ ނުކުރުވާތި،" މިފަދަ ބަސްތައް ބުނެވެއެވެ. 

މިއީ ސައިންސާއި ގުޅިފައިވާ ކަމެކެވެ. ބަނޑުހައިވެފައި ހުންނަ ގަޑީގައި މީހާގެ ރުޅި ގަދަވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ކިންގްސް ކޮލެޖް ލަންޑަންގެ ނިއުޓްރިޝަން އަދި ޑައެޓިކްސް ލެކްޗަރަރ ސޯފީ މެޑްލިން ބުނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށަށް ދިޔުމުން ހަށިގަނޑުގައި ހުންނަ ކޯރޓިސޯލް އަދި އެޑްރެނަލިންގެ މިންވަރު މައްޗަށް ދާނެ ކަމަށެވެ. އަދި ބަނޑުހައިވުމާއި ރުޅިގަދަވުމަށް ސިކުނޑިއަށް މެސެޖް ފޮނުވާ ނިއުރޯންތަކުން ބޭރު ކުރާ ނިއުރޯޕެޕްޓައިޑްސްއަކީ އެކައްޗެކެވެ. އެހެންކަމުން އެއް ކެމިކަލެއްގެ ދެކަމަށް ވެސް ދޫކުރުމުން ބަނޑުހައިވާ ގަޑީގައި ރުޅި ވެސް ގަދަވަނީއެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ބަނޑުހައިވުމުން ރުޅި އައުން ގާތީ އަންހެންވެރިންނެވެ. އެހެން ނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މެޑްލިން ބުނީ ނިއުރޯ ސައިންސް ވިސްނުމަކުން ވިސްނާއިރު ބަނޑުހައިވުމުން ރުޅިގަދަވުމުގެ ފުރުސަތު ބޮޑީ ހަޤީގަތުގައި ފިރިހެނުންނަށެވެ.  

އެގޮތުން ނިއުރޯޕެޕްޓައިޑްސްގެ އަސަރު ބޮޑަށް ފިރިހެނުންނަށް ކުރާނެއެވެ. އެއީ ނިއުރޯޕެޕްޓައިޑްސްގެ އަސަރުކުރާނެ ރިސެޕްޓަރތައް ގިނައިން ހުންނަނީ ފިރިހެނުންގެ ސިކުނޑީގައެވެ.

އަންހެނުންގެ ހަށިގަނޑުގައި އެސްޓްރޯޖަން ހުންނަ މިންވަރަކުން ނިއުރޯޕެޕްޓައިޑްސްގެ އަސަރުކުރާ މިންވަރު ތަފާތުވެދާނެ ކަމަށާއި، އެހެން ކަމުން އަންހެނެއްގެ ބަޔޮލޮޖިކަލް ސައިކަލްގެ އެކި ހިސާބުތަކުގައި ނިއުރޯޕެޕްޓައިޑްސްގެ އަސަރުކުރާ މިންވަރު ތަފާތުވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ބަނޑުހައިވެގެން ރުޅިގަދަވުމަކީ އެކަމުގެ ސަބަބުން ޒާތީ ދިރިއުޅުމަށް ވެސް އަސަރުކުރާ ކަމެކެވެ. 2014 ވަނަ އަހަރު ހެދި ދިރާސާއެއް ދައްކާ ގޮތުން ދެމަފިރިންގެ ހަށިގަނޑުގައި ހުންނަ ގުލްކޯޒްގެ މިންވަރު މަދުވުމަކީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވާ ސަބަބެކެވެ.

ބަނޑުހައިވެގެން ރުޅި ގަދަވުމަށް އޮތް ހައްލަކީ ގިނައިން ކެއުމެއް ނޫނެވެ. ކެއުމުގެ ދެގަޑި ދޭތެރޭގައި ވެސް ބަނޑުހައި ވެއްޖެނަމަ ކޮންމެވެސް ކުޑަ ގޮތެއް ހަދާލައިގެން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްގެން ރުޅި މަޑުކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
50%
0%
0%
0%
ކޮމެންޓް