ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 13:23
އާސެނަލްގެ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް
އާސެނަލްގެ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް
ގޫގުލް
ފުޓުބޯޅަ
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް ބޭނުންވަނީ އެ ކްލަބުގައި މަޑުކުރަން ކަމަށާއި، ރަނގަޅު އެއްބަސްވުމެއް ވަރަށް އަވަހަށް ހެދޭނެ ކަމަށް އެ ކްލަބްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

 

ބެއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ ސަންޗޭޒް އަކީ ޓީމުގެ މުހިންމު ކުޅުންތެރިޔެއް ކަމަށާއި، އޭނާ ޓީމަށް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން އަވަހަށް އެއްބަސްވުން ނިންމަން ބާރުއަޅާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

ވެންގާ ބުނީ ކޮންމެހެންވެސް ސަންޗޭޒް ކްލަބުގައި ބަހައްޓަން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށާއި، ލާރި ހަރަދުކުރަން އާސެނަލް ބިރުން ނެތް ކަމަށެވެ. އެގޮތުން އޭނާ ބުނީ ކްލަބެއް ހިންގޭނީ ލާރި ހަރަދުކޮށްގެން ކަމަށެވެ.  

 

ކޮންމެ ކަމެއްވެސް ފެށެނީ ލާރިން ކަމަށާއި، ނިމެނީވެސް ލާރިންކަން ފާހަގަކުރަމުން ވެންގާ ބުނީ ކުޅުންތެރިން ދިއުމާއި މަޑުކުރުން ވެސް ނިމިގެންދާނީ ލާރިން ކަމަށް ވެސް ވެންގާ ވަނީ ބުނެފައެވެ.

 

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ.

 


ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިވީތަނަށް އާސެނަލް އަށް ކުޅުނު 117 މެޗުގައި 56 ލަނޑު ކާމިޔާބުކޮށްފަ އެވެ.

 


ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު އެފްއޭކަޕްގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އެޑްމިން
0%
0%
0%
0%
0%
0%
ކޮމެންޓް