ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 12:17
ޔަހްޔާ ޖަމޭ ވަނީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެފަ
ޔަހްޔާ ޖަމޭ ވަނީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެފަ
ގޫގުލް
މައުމޫން
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވުމުން ވެސް ގެމްބިއާގެ ރައީސް ޔަހްޔާ ޖަމެހް މަގާމުން ދުރަށް ވަޑައި ނުގަންނަވަން އުޅުއްވުމުން އުފެދިފައިވާ ހަމަނުޖެހުންތަކުގައި ވެރިރަށް ބަންޖޫލް ކައިރީގައި އޮންނަ ބަންޖޫލްގައި ހުންނަ އަމިއްލަ ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފިއެވެ.

ގެމްބިއާގެ ޕްރެސް ޔޫނިއަންގެ ވެރިޔާ އެމިލް ޓޯރޭ ވިދާޅުވީ ޓެރަންގާ އެފްއެމް އަދި  ހިލްޓޮޕް ރޭޑިއޯ ބަންދުކޮށްފައިވަނީ ހޯމަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ ޓެރަންގްނާގެ ހެޑްކުއާޓާ ބަންދުކުރީ ފުލުހަކާއި ނޭޝަނަލް އިންޓެލިޖެންސްގެ ހަތަރު މީހަކު ގުޅިގެން ކަމަށެވެ.

އޭނާ އެކަން ސިފަ ކުރައްވާފައިވަނީ ޑިމޮކްރަސީއަށް ކުރި މަސައްކަތުގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ.

ޓޯރޭ ވިދާޅުވީ މި ޚައްސާސް ތާރީޚީ ދަނޑިވަޅުގައި ރައްޔިތުންނަށް މައުލޫމާތު ލިބިގެން ނުދާނެ ކަމަށެވެ.

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ އެތަންތަން ބަންދުކުރިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް