ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 11:56
އެމެރިކާގައި ތިބި ރަޝިއާގެ 35 ޑިޕްލޮމޭޓަކާއި އާއިލާތައް ވަނީ އެ ގައުމުން ފުރާފައި.-
އެމެރިކާގައި ތިބި ރަޝިއާގެ 35 ޑިޕްލޮމޭޓަކާއި އާއިލާތައް ވަނީ އެ ގައުމުން ފުރާފައި.-
ގޫގުލް
މައުމޫން
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

ރައީސް އޮބާމާގެ ސަރުކާރުން ފޮނުވާލި ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި ކަމަށް ރަޝިއާގެ ނޫސްތަކުން ބުނެފިއެވެ.

އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާގެ ނިންމުމުގެ އަސަރު ކުރި ހުރިހާ ފަރާތްތަކާ އެ ފަރާތްތަކުގެ އާއިލާ މަތިންދާބޯޓުން ދަތުރުކޮށްފައިވާ ކަމަށެވެ.

ޑިޕްލޮމޭޓުން ފޮނުވާލަން ރައީސް އޮބާމާ އަމުރު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެމްޕެއިންގެ ޑޭޓާތަކެއް ރަޝިއާއިން ހެކް ކުރިކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.

ރައީސް އޮބާމާ ރަޝިއާގެ ޑިޕްލޮމޭޓުންނަށް އެގައުމު ދޫކޮށް ދިއުމަށް ދެއްވީ 72 ގަޑިއިރުގެ މުހުލަތެކެވެ.

ރައްދުގައި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން އެ ގައުމުގައި ތިއްބަވާ އެމެރިކާގެ ޑިޕްލޮމޭޓުން ފޮނުވާލާނެ ކަމަށް އޮތީ ބެލެވިފައެވެ.

ނަމަވެސް ޕޫޓިން ފަހުން ވިދާޅުވެފައިވަނީ ޒިންމާދާރރުކަން ކުޑަ ޑިޕްލޮމެސީއަކަށް ހެއްލިވަޑައި ނުގަންނަވާނެ ކަމަށާއި ނަމަވެސް ބައްލަވާނީ ޑޮނަލްޑް ޓްރަމްޕް މަސައްކަތާ ހަވާލުވެ ވަޑައިގެންނެވުމާއެކު ގުޅުން އަލުން ބަދަހި ކުރެއްވުމަށް ކަމަށެވެ.

ޕޫޓިންގެ އެ ނިންމެވުމާއެކު ޓްރަމްޕްވަނީ އެއީ ސްމާޓް ނިންމެވުމެއް ކަމަށް ވިދާޅުވެ ތައުރީފް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސަމާހު
0%
0%
0%
0%
0%
0%
ކޮމެންޓް