ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 11:46
ފްރާންސްގެ ތަހުގީގު ޓީމުންވަނީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފަ.-
ފްރާންސްގެ ތަހުގީގު ޓީމުންވަނީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފަ.-
ގޫގުލް
މައުމޫން
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

މިދިޔަ މެއިމަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނު އިޖިޕްޓް އެއާގެ ފްލައިޓްގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި ކަަމަށް އޮފިޝަލުން ބުނެފިއެވެ.

އޮފިޝަލުން ބުނީ 10 ކްރޫއިންގެ ހަށިތައް ހަވާލުކުރީ ހޮނިހިރު ދުވަހު ކަމަށާއި އެއަށްފަހު ދެން އަންނަ ހަފްތާގައި ފަސިންޖަރުންގެ ހަށިތައް ވެސް ހަވާލުކުރެވިގެންދާނެ ކަަމަށެވެ.

ތަހުގީގު ކުރި ފަރާތްތަކުން ބުނެފައިވަނީ ގޮވާޒާތުގެ އެއްޗެއްހީގެ ކުނޑިކޮޅުތައް މަރުވި މީހުންގެ ގައިގައި ހުރި ކަމަށާއި ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށެވެ.

މެއިމަހުގެ 19 ވަނަ ދުވަހު ޕެރިހުން ފުރައިގެން ގާހިރާއަށް ދަތުރުކުރަމުން ދަނިކޮށް ފްލައިޓް އެމްއެސް 804 ކަނޑަށް ވެއްޓުނު ހާދިސާގައި ބޯޓުން ދަތުރުކުރި 66 މީހުންވަނީ މަރުވެފައެވެ.

މަރުވި މީހުންްގެ ތެރޭގައި މިސްރުގެ 40 މީހުންނާއި ފްރާންސްގެ 15 މީހުން ހިމެނެއެވެ.

ފްރާންސުންވަނީ އެހާދިސާގައި މަރުވި އެގައުމުގެ ރައްޔިތުންގެ ހަށިތައް ހަވާލުކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފްރާންސުންވަނީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ވެސް ޝަކުވާކޮށްފައެވެ. އެގައުމުންވަނީ އެ ހާދިސާއަކީ ގަސްތުގައި މީހުން މެރުމުގެ އަމަލެއްތޯ ބެލުމަށް ޖޫން މަހުގެ ތެރޭގައި ތަހުގީގެއް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް