ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 05:54
ޖެކީ ޗެން
ޖެކީ ޗެން
ގޫގުލް
މައުމޫން
ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!

މަޝްހޫރު އެކްޓަރު އަދި މާރޝަލް އާޓިސްޓް ޖެކީ ޗެންގެ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު "ކުންގް ފޫ ޔޯގާ" މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމައިފިއެވެ.

ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި، ރިލީޒްކުރުމަށް ތައްޔާރުވެފައި އޮތްއިރު، ދާދިފަހުން ވަނީ ފިލްމުގައި ޖެކީ ޗެންގެ އިތުރުން ދެން ފެނިގެންދާ އިންޑިޔާގެ އެކްޓަރު، މޮޑެލް އަދި ޕްރޮޑިއުސަރު ސޯނޫ ސޫދްގެ ފޮޓޯ ހިމަނައިގެން ޕޯސްޓަރެއް ނެރެފައެވެ.

"ކުންގް ފޫ ޔޯގާ" އަކީ ޗައިނާގެ ރައީސް ޒީ ޖިންޕިންގ އިންޑިޔާއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ދެޤައުމުގެ ދެމެދުގައި ހެދި ތިން ފިލްމުގެ އެއްބަސްވުމެއްގެ ދަށުން ދެޤައުމުގެ ސްޓާރުން ހިމަނައިގެން ނެރޭ ފިލްމެކެވެ.

މިފިލްމުގައި ޖެކީ ޗެން އާއި ސޯނޫ ސޫދްގެ އިތުރުން އިންޑިޔާގެ އެކްޓްރެސް އަދި މޮޑެލް ދިޝާ ޕަޓާނީ އާއި އިންޑިޔާގެ އެކްޓްރެސް އަމީރާ ދަސްތޫރު ވެސް ލީޑް ރޯލުތަކުން ފެނިގެންދާނެއެވެ.

ސްޓޭންލީ ޓޮންގ ޑައިރެކްޓްކޮށް ތައިހޭ އެންޓަޓެއިންމެންޓާއި ޝައިންވޯކް މީޑިއާ ގުޅިގެން އުފައްދާފައިވާ މިފިލްމު ޗައިނާ އާއި އިންޑިޔާގައި ވެސް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮމެޑީ އަދި އެކްޝަން ފިލްމެއް ކަމަށްވާ "ކުންގް ފޫ ޔޯގާ" ގެ މަންޒަރުތައް ނަގާފައިވަނީ އިންޑިޔާ އަދި އައިސްލޭންޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް