ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 05:51
ބައިވެރިޔާ ޕްރޮމޯޝަން ޕޯސްޓަރ
ބައިވެރިޔާ ޕްރޮމޯޝަން ޕޯސްޓަރ
އަޒުމޫން އަހުމަދު
މައުމޫން
" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި

ނިމިދިޔަ 2016 ވަނަ އަހަރު  ރިލީޒް ކުރި ދިވެހި ފިލްމުތަކުގެ ތެރެއިން، ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި އެއް ފިލްމް “ބައިވެރިޔާ” ގެ އިތުރު ޝޯތަކެއް އޮލިމްޕަހުގެ ސްކްރީންގައި އެޅުވުމަށް ހަމަޖައްސައިފިއެވެ.

ފިލްމުގެ އެންމެ ފަހު ޝޯވ 30 ޑިސެމްބަރ 2016 ގައި އަޅުވާފައިވާ އިރު،އިތުރު ޝޯތަކެއް ބޭއްވުމަށް ނިންމީ ފިލްމަށް ލިބުނު ބޮޑު ތަރުޙީބެއްގެ ސަބަބުންނާއި ބެލުންތެރިންގެ ޚާއްސަ އެދުމުގެ މަތިން ކަމަށް ބައިވެރިޔާގެ ޓީމުން މައުލޫމާތު ދެއެވެ.

އެގޮތުން މިހިނގާ ޖެނުއަރީ މަހުގެ 5 އަދި 6 ވަނަ ދުވަހު “ބައިވެރިޔާ” އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމާފައިވާ ކަމަށާއި އެދެދުވަހަށް ޓިކެޓް ވިއްކުން ހޯމަދުވަހުގެ މެންދުރުފަހު 14:00 ން ފެށިގެން އޮލިމްޕަހުގައި ކުރިއަށްދާ ކަމަށް “ބައިވެރިޔާ” ޓީމުން މަޢުލޫމާތު ދެއެވެ.

ހެއްވާ މަޖާ އެތައް ކަމެއް ފެނިގެންދާ މި ފިލްމުގެ ލީޑް ރޯލް ތަކުން ފެނިގެންދަނީ ޔޫސުފް ޝަފީޢު، ޝީލާ ނަޖީބު، އަޙްމަދު އަޒްމީލު، މަލީހާ ވަހީދު، އަދި މުޙައްމަދު ފައިސަލް އެވެ. ސަޕޯޓިންގް ރޯލްތަކުން ނާޝިދާ މުޙައްމަދު، އަހުމަދު ސަޢީދު ގެ އިތުރުން އަޙުމަދު ސުނީ އެވެ.

އޮލިމްޕަހުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް “ބައިވެރިޔާ” އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 4 ޖެނުއަރީ 2017 ގައި ރ. ދުވާފަރު ސްކޫލް ހޯލް ގައި އަދި 6 ޖެނުއަރީ 2017 ގައި ލ. ގަން ހަމަދު ސްކޫލް ހޯލުގައި މިފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ބައިވެރިޔާ މި ފިލްމަކީ އެންވިޝަން އެންޓަރޓެއިންމެންޓްގެ އެންމެ ފުރަތަމަ އަދި ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލި ފިލްމެއް ކަމަށް ބައިވެރިޔާގެ ޓީމުން މައުލޫމާތު ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް