ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 05:20
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ 2017 ވަނަ އަހަރުގެ ކޮންގްރެސްގެ ތެރެއިން- ފޮޓޯ: ރާއްޖެއެމްވީ
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ 2017 ވަނަ އަހަރުގެ ކޮންގްރެސްގެ ތެރެއިން- ފޮޓޯ: ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
މައުމޫން
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

ހުސްވެފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ މަގާމަށް ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު އިންތިހާބުކޮށްފި އެވެ.

 

ސޯލްޓް ކެފޭގައި ހުކުރު ދުވަހުގެރޭ ބޭއްވި ނިއުގެ ކޮންގްރެސްގައި އެ ކްލަބުގެ ޗެއާމަންގެ މަގާމަށް ޒިޔާދު އައްޔަންކުރި އިރު، ބޯޑު މެމްބަރުންގެ ގޮތުގައި އަށް މެމްބަރަކު ވެސް ވަނީ އިންތިހާބުކޮށްފަ އެވެ. އަދި މި ފަރާތްތައް އިންތިހާބުކޮށްފައި ވަނީ އެއްވެސް ވާދަކުރުމެއް ނެތިކަން ފާހަގަކޮށްލެވެ އެވެ.

 

ނިއުގެ ބޯޑަށް ހޮވުނު މެމްބަރުންނަކީ އެ ކްލަބުގެ ކުރީގެ ގޯލް ކީޕަރު ސައްޔިދު އަލީ އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި އަހުމަދު ޝިޔާމާއި ހަސަން ހުސައިންގެ އިތުރުން އަބްދުލް މުއިއްޒު މުސްތަފާ އާއި ހުސައިން ޝާމް އާދަމާއި އިސްމާއިލް ރަޝީދު އަދި ސްރީ ލަންކާގެ ނަލިން ޗަމިންދަ އެވެ.

 

ނިއުގެ ޗެއާމަންގެ މަގާމަށް އިންތިހާބުވުމަށްފަހު ކާނަލް ޒިޔާދު ވިދާޅުވީ ކޮންގްރެސްގެ ކުރިން ވެސް ނިއުގެ މިހާރުގެ ހާލަތުން އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެގޮތުން މުހިންމު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާ ބައެއް ކުޅުންތެރިން ކްލަބުން ދޫކޮށްލާފައިވާ ކަމަށެވެ.

 

ޒިޔާދު ވިދާޅުވީ ނިއުގެ އާ ދައުރުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ މި ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށާއި އެހެން ކަމުން ކްލަބުގެ ފަހަތުގައި މި ވަގުތު ތިބި އިސްފަރާތްތަކާއި ސަޕޯޓަރުންގެ އެއްބާރުލުމާއެކު އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

 

ޒިޔާދު ވިދާޅުވީ މިއަހަރު އެންމެ ބޮޑު އަމާޒަކަށް ވާނީ މި ސީޒަނުގެ އުރީދޫ ދިވެހި ޕްރެމިއަ ލީގު ކާމިޔާބުކޮށް ކުރިއަށް އޮތް އަހަރުގެ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުން ޖާގަ ހޯދުން ކަމަށެވެ.

 

ޒިޔާދު ވިދާޅުވީ ނިއުގެ އަންހެން ފުޓުބޯޅަ ޓީމާއި ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ވަރުގަދަކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެކްނިކަލް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް ކުރައްވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް