ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 22:31
ޕާސްތާ އަކީ ގިނަ ބަޔަކަށް މީރު ކާނާ އެއް
ޕާސްތާ އަކީ ގިނަ ބަޔަކަށް މީރު ކާނާ އެއް
ކުކިންގ ލައިޓް
ރަނގަޅު ކާނާ
ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
 
ބަރުދަން ލުއިކުރަން މަސައްކަތް ކުރިޔަސް ޕާސްތާ ކެއުމަކުން މައްސަލަ އެއް ނެތް

ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް އުފާވެރި ޚަބަރެކެވެ. އަނގަޔަށް މީރު އަދި މިހާތަނަށް އެއީ ބަރުދަން އިތުރުވާ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރެވިފައިވާ ޕާސްތާގެ އަކީ ބަރުދަން ލުއި ކުރުމަށް ބަރާބަރު އެއްޗެއް ކަމަށް ދިރާސާ އިން ހާމަ ވެއްޖެއެވެ.

ހަށިގަނޑު ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންނަށް ތަޖުރިބާކާރުން މިހާތަނަށް ދެމުން އައި ލަފަޔަކީ ޕާސްތާ ފަދަ ކާބޯހައިޑްރޭޓް އެކުލެވޭ ކާބޯތަކެތި ބަރުދަން ލުއިކުރަން ބޭނުން މީހުން ކެއުމުގައި ބޭނުން ނުކުރުމަށެވެ. އެކަމަކު ބަރުދަން ލުއި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާ މީހުންނަށް މި ލިބުނީ ވަރަށް ރަނގަޅު ޚަބަރެކެވެ. ބަރުދަން ލުއި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާ އިރު ޕާސްތާ ކެއުމުގައި ހިމެނުމުން މައްސަލައެއް ނެތެވެ.

ޕާސްތާގެ ސަބަބުން ބަރުދަން އިތުރުނުވާ ސަބަބަކީ ޕާސްތާގެ ގްލައިސީމިކް އިންޑެކްސް (ޖީއައި) ދަށްވުން ކަމަށް މި ދިރާސާ ކުރި ކެނެޑާގެ މިޗެލް ހޮސްޕިޓަލްގެ ސައިންސްވެރިން ބުނެފައިވެއެވެ. ގްލައިސީމިކް އިންޑެކްސް އަކީ ކާބޯތަކެތީގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރަށް ބަދަލު އަންނަ އަވަސް މިން މިނާ މިންގަނޑެވެ. ޖީއައި އިންޑެކްސް މަތީ ބާވަތްތައް ކަމަށްވާ ހުދު ހަނޑުލާއި، ހުދު ޕާން އަދި އަލުވި ފަދަ ބާވަތްތަކަކީ އެ ބާވަތްތައް ކެއުމުން އަވަހަށް ހަޖަމުވެ ލޭގެ ހަކުރު އަވަހަށް މައްޗަށް ޖައްސާ ބާވަތްތަކެވެ. އެއާ ޚިލާފަށް ޖީއައި ދަށް ބާވަތްތައް ކަމަށްވާ ޕާސްތާ އާއި ފެހި ތަރުކާރީ ފަދަ ބާވަތްތަކަކީ ލަހުން ހަޖަމުވާ އަދި އޭގެ ސަބަބުން ލަހުން ލޭގެ ހަކުރުގެ މިންވަރު މައްޗަށް ޖެހޭ ބާވަތްތަކެވެ.

ޕާސްތާ އާ ބެހޭ ގޮތުން ކުރެވުނު މިދާރާސާގައި ދެހާސް ފަސްސަތޭކަ ބައިވެރިންގެ މައުލޫމާތު ދިރާސާ ކޮށްފައިވެއެވެ. އެ އެންމެންނަކީ ވެސް ޖީއައި ދަށް ބާވަތްތަކުގެ ކާބޯތަކެތި (ސިއްހަތައް ފައިދާހުރި ކާބޯތަކެތި) ދިރާސާގެ މުއްދަތުގައި ކެއުމަށް ބޭނުން ކުރި މީހުންނެވެ. އެ އެންމެންގެ ކެއުމުގައިވެސް ޕާސްތާ ހިމަނާފައިވެއެވެ. ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ބަރުދަނާއި ހަށިގަނޑުގައި ސަރުބީ އެކުލެވޭ މިންވަރާއި، ބޮޑީ މާސް އިންޑެކްސް ސައިންސްވެރިން ވަނީ ދިރާސާ ކޮށްފައެވެ.

މި ދިރާސާ ޝާއިއު ކޮށްފައިވާ މަޖައްލާ، ބީއެމްޖޭ އޯޕަން ގައި ވާ ލިޔުމުގައި ސައިންސްވެރިން ބުނެފައިވަނީ ޕާސްތާ ކެއުމުގައި ހިމެނުމުން ދިރާސާގައި ބައިވެރިވި ފަރާތްތަކުގައި ބަރުދަން އިތުރު ވެގެން ދިޔަކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި ހަށިގަނޑުގެ ސަރުބީގެ މިންވަރުވެސް އިތުރު ވެގެން ނުދާ ކަމަށެވެ.

މީގެ ސަބަބެއް ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވަނީ، ޖީއައި ދަށް ބާވަތްތަކުގެ ކާނާ އަކީ ބަނޑުހައިކަމުގެ އިހްސާސް ފިލުވާލުމަށް ރަނގަޅު ކާނާ ކަމަށް ވުމާއެކު އެފަދަ ކާނާ ބޭނުން ކުރުމުން ކާހިތްވާލެއް ކުޑަވަނީ ކަމަށެވެ. އޭގެ ސަބަބުން ގިނައިން ކެއުމުން ދުރުހެލި ކޮށްދެނީ ކަމަށެވެ.

ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވަނީ ޕާސްތާގެ އެތައް ވައްތަރުތަކެއް ހުންނަ އިރު އެއިން ކޮންމެ ބާވަތަކީވެސް ޖީއައި ދަށް އެއްޗެހި ކަމަށެވެ.

މި ދިރާސާ އިން ހާމަވާ ގޮތުގައި، ކުރިން ހީކުރެވިފައި އޮތް ގޮތާ ޚިލާފަށް ސިއްހަތައް ފައިދާހުރި ކާނާގެ ތެރޭގައި ޕާސްތާ ހިމެނިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
100%
ކޮމެންޓް