ކ. މާލެ
|
6 ޖެނުއަރީ 2017 | ހުކުރު 17:50
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
މިހާރު
އެފްއޭއެމް
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިޕިސް ކަޕް) ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

 

އަންނަ ސީޒަނުގެ ކަލަންޑަރު އިއުލާންކުރުމަށް އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ މޮމްޕިސް ކަޕްގެ ސްޓްރަކޗަރަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށާއި، އެގޮތުން އޭނާގެ ޓީމުން މުބާރާތް ދެ އަހަރުން އެއް އަހަރު ބާއްވަން ވެސް ނިންމާފައިވާ ކަމަށެވެ.

 

އެގޮތުން ބައްސާމް ވިދާޅުވީ ޕޮމިޕިސް ކަޕް ވެގެންދާނީ ގައުމީ ޓީމަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކަށް ކަމަށާއި، އެގޮތުން ދުނިޔޭގެ އެކި ފަންތީގެ ޓީމުތައް ބައިވެރިކޮށްގެން ކުރިޔަށް ގެންދަން ވިސްނަމުން އަންނަ ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ ބޭރު ކުންފުންޏަކާ ގުޅިގެން މުބާރާތުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

 

ޕޮމިސް ކަޕަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީ އަށް ސަރުކާރުން އިސް ނަގައިގެން 1987 ގައި ފެށި މުބާރާތެކެވެ. ބޭރުގެ ދެ ޓީމާއި ރާއްޖޭގެ ދެ ޓީމު ބައިވެރިކޮށްގެން ގިނަ އަހަރުތަކެއް ވަންދެން ބާއްވަމުންދިޔަ ޕޮމިސް ކަޕް 2003 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތުމަށްފަހު، މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރެވެ.

 

2015 ވަނަ އަހަރު ބޭއްވި ޕޮމިސް ކަޕްގައި ރާއްޖެއިން ބޭރުން ބައިވެރިވެފައިވަނީ މެލޭޝިއާގެ ޕޮލިސް ޑި ރާޖާ (ޕީޑީއާރްއެމް) އަދި ސިންގަޕޫރުގެ 21 އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމު އެއްކޮށްލައިގެން އުފައްދާފައިވާ ޓީމެކެވެ. މިދިޔަ ފަހަރު ޕީޑީއާރްއެމް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، ތަށި އުފުލާލީ ޕީޑީއާރްއެމްގެ ކެޕްޓަން ބޭންޑް އަޅައިގެން މާޒިޔާއާ ދެކޮޅަށް ފައިނަލް މެޗުގައި ނިކުތް އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެހެންނަމަވެސް މިހާރު އޭނާ ހުރީ އަދި މާޒިޔާގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް