ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 13:42
ބަނޑުގައި އޮތް ކުއްޖެއްގެ އަލްޓްރާސައުންޑް އިމޭޖެއް
ބަނޑުގައި އޮތް ކުއްޖެއްގެ އަލްޓްރާސައުންޑް އިމޭޖެއް
ރާއްޖެ އެމްވީ
ދަރިމައިވުން
މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ
 
ސިކުނޑި އުފެދުމާއި، މަސައްކަތް ކުރާ ގޮތައްވެސް އަސަރު ކުރޭ

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުންވާ ކަމުގެ ވާހަކަތަކަކީ އައު ވާހަކަ އެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ ސިކުނޑި އުފެދުމުގައި އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި ގެއްލުންވާކަން މިހާ ތަނަށް ދިރާސާ އަކުން ސާބިތު ކޮށް ހާމަ ކޮށްފައެއް ނުވެއެވެ.

ދާދި ފަހުން ސައިންސްވެރިން ވަނީ މިދެންނެވި ހަގީގަތް ހާމަ ކޮށްފައެވެ. ސައިންސްވެރިން ބުނަނީ، ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑި ރަނގަޅަށް އުފެދުމަށްޓަކައި މާ ބަނޑު ދުވަސްވަރު މައިމީހާ ފިކުރުތަކާއި ކަންބޮޑުވުންތަކާ ދުރުހެލިވާން ޖެހޭ ކަމަށެވެ.

ދާދި ފަހުން އެމެރިކާގެ މެސެޗުސެޓްގައި އޮތް ކޮގްނިޓިވް ނިއުރޯ ސައިންސް ސޮސައިޓީގެ ބައްދަލުވުމެއްގައި ހުށަހެޅި ދިރާސާ އެއްގައި ބުނެފައިވަނީ މާބަނޑު ދުވަސްވަރު މައިމިހާގެ ފިކުރުތަކާއި ކަންބޮޑުވުން އިތުރުވާނަމަ ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑި އުފެދި ބޮޑުވުމާއި ސެލްތަކަށް ނޭދެވޭ އަސަރު ކުރާކަން ދިރާސާ އިން ހާމަވާ ކަމަށެވެ.

ދިރާސާގައި ބައިވެރިވި ސައިންސްވެރިއެއް ކަމަށްވާ، ވޭން ސްޓޭޓް ޔުނިވަސިޓީގެ މޯރިއާ ތޮމްސަން ހާމަކުރި ގޮތުގައި މާބަނޑު ދުވަސްވަރު މައިމީހާގެ ފިކުރު ބޮޑުވުމާއި ބަނޑުގައި އޮންނަ ދަރިފުޅަށް އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ތަކުގެ ވާހަކަތަކަކީ މިހާތަނަށް ސައިންޓިފިކް ގޮތުން ސާބިތު ކުރެވިފައިވާ ވާހަކަތަކެއް ކަމަށް ނުވެ އޮތް ނަމަވެސް އެމީހުންގެ ދިރާސާއިން ބަނޑުގައި އޮންނަ ދަރިފުޅުގެ އުފެދެމުން އަންނަ ސިކުނޑިއަށް މައިމީހާ ފިކުރު ބޮޑުވުމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާކަން ސާބިތު ވާ ކަމަށެވެ.

ބަނޑުގައި އޮންނަ ދަރިފުޅު ހެދި ބޮޑުވުމާ ބެހޭ ދިރާސާތައް ސައިންސްވެރިން ކުރުމުގައި ފަހުގެ ޓެކްނޮލޮޖީތަކުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން މި ދިރާސާ ކުރުމުގައި ފީޓަލް އިމޭޖިންގ ގެ ޒަރީއާއިން ދިރާސާ ކުރި ފަރާތްތަކަށް ބަނޑުގައި އޮންނަ ކުއްޖާގެ ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމުގައި ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދިޔަކަން ފާހަގަ ކުރެވިފައިވެއެވެ.

ދިރާސާ އިން ހާމަވާ ގޮތުގައި ފިކުރު ބޮޑު މައިންގެ ބަނޑުގައި އޮންނަ ކުއްޖާގެ ސިކުނޑި އުފެދުމާއި ތަރައްގީ ވުމާއި އަދި މަސައްކަތް ކުރާ ގޮތަށްވެސް ނޭދެވޭ އަސަރު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް