ކ. މާލެ
|
26 މާރޗް 2018 | ހޯމަ 16:45
މިއީ ހަށިގަނޑަށް އެތައް ފައިދާތައް ލިއްބައިދޭ މީރު ބުއިމެއް
މިއީ ހަށިގަނޑަށް އެތައް ފައިދާތައް ލިއްބައިދޭ މީރު ބުއިމެއް
ސޯޝަލް މީޑިއާ
ސިއްހަތު
ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
 
މި ބުއިމުގައި ދުވާލަކު ކެއުމަށް މި ބޭނުންކުރާ މީލްއަކަށް ވުރެ ގިނަ އަދަދަކަށް ސިއްހީ ފައިދާ އެކުލެވޭ

ގައިގެ ކުލަ ނުވަތަ ޚާއްސަކޮށް މޫނުގެ ކުލަ އަލިކޮށް ދޮންކޮށް ބެހެއްޓުމަށް ދެ ޖިންސްގެ މީހުންވެސް ބޭނުންވެއެވެ. އެކަަމަށް އާއްމު ގޮތެއްގައި އަހަރުމެން ބޭނުންކުރަމުން އަންނަނީ ކޮންމެވެސް ކެމިކަލެއް އެކުލެވޭ ޒާތްޒާތުގެ ދޮންވާ ކްރީމް ތަކެވެ. އެހެން ނަމަވެސް އެތަކެތީގެ ސަބަބުން ހަމުގެ ވަރަށް ގިނަ މައްސަލަ ތަކާއި ކުރިމަތިވެއެވެ. ބައެއް ފަހަރަށް ހަމާއި ގުޅޭ ބާވަތުގެ ކްރީމެއް ހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް މަދެއް ނޫނެވެ.

އެހެން ނަމަވެސް ގުދުރަތީ ތާޒާ ތަރުކާރީއާއި މޭވާއިންވެސް މިކަން ވެދާނެކަން އެނގޭ ހެއްޔެވެ. އަދި ހުރިހާ ގޮތަކުންވެސް މި ގޮތް މާ ފައިދާ ބޮޑުވެސްމެއެވެ.

ހަށިގަނޑަށް ނުހަނު އަރާމު އެހާމެ ލުއި އަނގަޔަށް މީރު މި ބުއިމުން ތިން ދުވަސްތެރޭ ހަމުގެ ކުލަ އަލިކޮށްލައިދެއެވެ. މި ބުއިން ތައްޔާރުކުރުމަށް ބޭނުންވަނީ:

3 ކެރެޓް

1 އާފަލު

1 ކިއުކަމްބާ

1 ބެލްޕެޕާރ

1 ތަށިފެން

ލުނބޯ ކިބައެއް

ލުނބޯ ކިބަ ފެލާލުމަށް ފަހު، ތޮށި ގަނޑާއި އެކު މި ތަކެތި އެއްކޮށް ބްލެންޑާއި ރަނގަޅަށް ގިރާށެވެ. އަދި ފުރާނާލާށެވެ. އަދި ދުވާލަކު އެއްފަހަރު ބޯށެވެ. ބޮޑަށް ރަނގަޅީ ކެއުމަށް ފަހުއެވެ.

މި ބުއިމުގައި ދުވާލަކު ކެއުމަށް މި ބޭނުންކުރާ މީލްއަކަށް ވުރެ ގިނަ އަދަދަކަށް ސިއްހީ ފައިދާ އެކުލެވެއެވެ. މުޅި ހަށިގަނޑު ވިހަ މާއްދާތަކުން ސާފުކޮށްލައެވެ. އަދި ބަނޑުހައިވުން ކުޑަކޮށްދީ، ހަށިގަނޑުގެ ތެތްކަން ދަމަހައްޓައި ތާޒާކޮށްލައެވެ. އާދަވެގެން މި ބުއިން ބޭނުން ކޮށްބަލާށެވެ. ހަށިގަނޑުގެ ކުލަ އަލިކޮށްލާ މީހާ އުޖާލާކޮށްލައެވެ. އަޖުމަ ބަލާލަން ރަނގަޅު ނޫންތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
41%
29%
6%
6%
0%
18%
ކޮމެންޓް
26 މާރޗް 2018 | ހޯމަ 17:44
ވިކޭނެ އެފްރިކާ
ތިވަރަށް ވިކޭނެ އެފްރިކާ އަށްދޯ؟ އަންތަރީސްވެއްޖެ