ކ. މާލެ
|
4 ޖެނުއަރީ 2017 | ބުދަ 16:43
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

ޕްރިމިއާ ލީގުގައި ހެރީ ކޭން އާއި ޑެލެއަލީ ކާމިޔާބުކޮށްދިން ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ހޮޓްސްޕާ ކުރިހޯދައިފި އެވެ.

 

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ވަޓްފޯޑްއާ ވާދަކޮށް ޓޮޓެންހަމް އިން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

 

ވަޓްފޯޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ޓޮޓެންހަމް އިންނެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 27 މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.

 

މި ލަނޑަށްފަހުވެސް ޓޮޓެންހަމް އިން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ. އެގޮތުން 33 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ހެރީ ކޭން ކާމިޔާބު ކޮށްދިނެވެ.

 

ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޓޮޓެންހަމް އިން ވަނީ ތިން ވަނަ ލަނޑުވެސް ކާމިޔާބުކޮށްފަ އެވެ. ޑެލެއަލީ ޖެހި އެލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

 

ދެ ވަނަ ހާފުގެ ފެށުން ވެސް ޓޮޓެންހަމަށް ރަނގަޅު ވެގެން ދިޔައީ ފުރަތަމަ މިނެޓުގައި ޑެލެއަލީ ކާމިޔާބުކޮށްދިން ލަނޑާއެކު އެވެ. މި ލަނޑަށް ފަހު ވެސް، ގޯލް ފޫއަޅުވާލާނެ ގިނަ ފުރުސަތުތަކެއް ޓޮޓެންހަމަށް ލިބިގެންދިޔަ އެވެ.

 

ވަޓްފޯޑްގެ ހަމައެކަނި ލަނޑު މެޗްގެ އިތުރުވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކާބުލްއެވެ.

 

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 19 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 19 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް