ކ. މާލެ
|
4 ޖެނުއަރީ 2017 | ބުދަ 16:42
އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލައިފި އެވެ.

 

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ކްރިސްޓަލް ޕަލަސްއާ ވާދަކޮށް އާސެނަލްއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

 

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެ ޓީމުންނެވެ.

 

މެޗްގެ  17 ވަނަ މިނެޓުގައި އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާއެކު އޮލިވާ ޖިރޫޑު ޖެހި ލަޑުން އާސެނަލް ލީޑް ނެގި އެވެ. މި ލަނޑަށްފަހުވެސް އާސެނަލް އިން ދިޔައީ ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތު ތަނަވަސްކުރަމުންނެވެ. ފުރަތަމަ ހާފްގައި ލަނޑު ޖަހަން ގިނަ ލިބުނު ގިނަ ފުރުސަތުތަކެއް އާސެނަލަށް ބޭކާރުވެގެން ވެސް ދިޔަ އެވެ.

 

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ކްރިސްޓަލް ޕަލަސްގެ މައްޗަށް އާސެނަލް ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލް އިންނެވެ. އެގޮތުން 56 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ލުވޮބީއެވެ.

 

މި ލަނޑަށްފަހުވެސް އާސެނަލް އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ކްރިސްޓަލް ޕަލަސްއަށްވެސް ވަނީ މެޗުގެ ފަހު ވަގުތު ނަތީޖާގެ ފަރަގު ކުޑަކުރުމަށް ދެތިން ފުރުސަތު ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

 

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 19 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. މެޗުން ބަލިވި ކްރިސްޓަލް ޕަލަސް އޮތީ ކުޅުނު 19 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް