ކ. މާލެ
|
4 ޖެނުއަރީ 2017 | ބުދަ 16:41
ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގޫގުލް
ޕްރިމިއާ ލީގު
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

 

އިނގިރޭސި ބައެއް މީޑިއާތަކުން ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ޔުނައިޓެޑުން  ކޭން ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އޭނާ ހޯދުމަށް އެ ކްލަބުން 80 މިލިއަން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓޮޓެންހަމްގެ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ކޭން އާކޮށްފައިވާއިރު، އޭނާ ހޯދަން ސްޕެއިން، ޖަރުމަން އަދި ޗައިނާގެ ބައެއް ކްލަބްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

އިންގްލޭންޑަށް އުފަން އުމުރުން 23 އަހަރުގެ ކޭންއަކީ، ޓޮޓެންހަމްގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިއްމު ކުޅުންތެރިއާއެވެ. މިހާތަނަށް، ޓޮޓެންހަމްއަށް އޭނާ ކުޅެދިން 144 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

މީގެއިތުރުން، 25 ގޯލް ކާމިޔާބުކޮށްގެން މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގެ، ރަން ބޫޓު ގެންދިޔައީ ވެސް ކޭންކަން ފާހަގަކޮށްލެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް