ކ. މާލެ
|
4 ޖެނުއަރީ 2017 | ބުދަ 16:38
އިންޑިއާގެ ކޯލްމައިނެއް
އިންޑިއާގެ ކޯލްމައިނެއް
ގޫގުލް
މައުމޫން
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަން ފަށައިފި އެވެ.

 

މިދިޔަ ބުރާސްފަތި ދުވަހު މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޖާކަންޑްގައެވެ. މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނައިރު، މިހާތަނަށް ފެނިފައިވަނީ އެންމެ 13 މީހުންގެ ހަށިގަނޑެވެ.

 

އެހެން ނަމަވެސް 60 އެއްހާ މީހުން މަސައްކަތްކުރަމުންދިޔަ މި މައިނުގައި އަދިވެސް އިތުރު މީހުން ތާށިވެފައި އެބަތިއްބެވެ. އެގޮތުން ތާށިވެފައި ތިބި މީހުންގެ ތެރެއިން ދެ މީހަކު މިހާތަނަށް ވަނީ ސަލާމަތްކުރެވިފައެވެ.

 

ރެސްކިއު ވޯކާސް އަށް މައިންގައި ތިބި މީހުން ސަލާމަތްކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުޅި އެ ސަރަހައްދުގައި ދުންފުނީގެ އަސަރު ގަދަވުމެވެ. އެގޮތުން މައިންގެ ތެރެއަށް ވަނުމަށް ރެސްކިއު ވޯކާސް އަށް ވަނީ ދަތިވެފައެވެ.

 

ކޮލްކަތާ ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއެއްގައި ނެޝަނަލް ޑިޒާސްޓާގެ ޖައި ޕްރަކާޝް ވިދާޅުވީ އެ މައިނަކީ ސަލާމަތީގޮތުން އެއްވެސް ފިޔަވަޅެއް އެޅިފައިހުރި ތަނެއް ނޫން ކަމަށާއި، މައިނުގައި މީހުން ތާށިވީ ކޮންމެވެސް މީހެއްގެ އިހުމާލުން ކަމަށެވެ.

 

އިންޑިއާއިން އުފައްދާ 29 އިންސައްތަ ކޯލް އަކީ ފަގީރު ސްޓޭޓެއްކަމަށްވާ ޖާކަންޑް އިން އުފައްދާ ކޯލް އެވެ. އިންޑިއާގައި ޖުމްލަ 570 މައިން ހުންނައިރު، 2015 ވަނަ އަހަރު އެކި ހާދިސާތަކުގައި 38 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް