ކ. މާލެ
|
4 ޖެނުއަރީ 2017 | ބުދަ 16:27
އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް
އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް
ގޫގުލް
ފުޓުބޯޅަ
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

ޗައިނާގެ ކްލަބަކަށް ހުށަހެޅި ބިޑެއް ސަންޗޭޒް ރިޖެކްޓްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

 

ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ގުއަންޒޫ އިން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލީ އެނާ އިޓަލީ ލީގަށް ބަދަލުވާން ބޭނުންވާތީ އެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ސަންޗޭޒް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.


މީގެކުރިން ދަ ސަން އިން ބުނީ ސަންޗޭޒް ހޯދުމަށް ޗައިނާގެ ކްލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ސަންޗޭޒް ވެސް އަންނަނީ އެ ކްލަބަށް ބަދަލުވުމަށް ވިސްނަމުން ކަމަށެވެ.


ޗައިނާގެ ކްލަބްތަކުގެ އިތުރުން ސަންޗޭޒް ހޯދުމަށް ސިޓީވެސް ވަނީ މަސައްކަތް ފަށާފަ އެވެ. ސަންޗޭޒް ހޯދުމަށް އޭނާ އާސެނަލްއާ އެކު އާ ކޮންޓްރެކްޓެއް ހެދުމަށް ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގަ އެވެ.


ޑެއިލީ މިރާ އިން ބުނީ ސަންޗޭޒް އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅުހަދާފައި ވަނީ އެއްބަސްވުމުގައި ބޭނުން އިރަކު ކްލަބް ދޫކޮށްލުމުގެ އިހްތިޔާރު ނޯންނާތީ ކަމަށާއި، އެގޮތުން އޭނާ ވަރަށް އަވަހަށް އާސެނަލް ދޫކޮށްލާނެ ކަމަށެވެ.


މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ.


ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިވީތަނަށް އާސެނަލް އަށް ކުޅުނު 117 މެޗުގައި 56 ލަނޑު ކާމިޔާބުކޮށްފަ އެވެ.


ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު އެފްއޭކަޕްގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް