ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 05:14
ޔޫތް ޗެމްޕިއަންޝިޕް އީގަލްސް އިން މިލްކު ކުރުން
ޔޫތް ޗެމްޕިއަންޝިޕް އީގަލްސް އިން މިލްކު ކުރުން
ފޭސްބުކް
ޔޫތް ޗެމްޕިއަންޝިޕް 2017
ޔޫތް ޗެމްޕިއަންޝިޕް: ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކޮށް އީގަލްސް އިން ތަށި މިލްކުކޮށްފި
 
ޕެނަލްޓީގައި މާޒިޔާގެ މައްޗަށް އީގަލްސް ކުރިހޯދީ 7-8 ގެ ނަތީޖާއަކުން

ޔޫތް ޗެމްޕިއަންޝިޕްގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ކްލަބް އީގަލްސް އިން މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެގޮތުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އީގަލްސް އިން ވަނީ 7-8 ގެ ނަތީޖާއަކުން މާޒިޔާގެ މައްޗަށް ކުރިހޯދާފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އީގަލްސްއެވެ. އެގޮތުން އެޓީމުން ވަނީ މާޒިޔާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެން ނަމަވެސް އީގަލްސް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މާޒިޔާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މާޒިޔާ އަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގް ހަސަންއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މާޒިޔާ އިން ފޮނުވި ހިލޭ ޖެހުން ކީޕަރު ދިފާއުކުރުމުން ރީބައުންޑުގައެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އީގަލްސްގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އީގަލްސް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފްގައި މާޒިޔާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ދެވަނަ ހާފްގައި މާޒިޔާ އަށް ވަނީ ލީޑު ފުޅާކުރަންވެސް ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލަން އެޓީމު ވަނީ ނުކުޅެދިފައެވެ.

އީގަލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަހުމަދު ތޮލާލްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އީގަލްސް އިން ފޮނުވާލި ހިލޭ ޖެހުން މާޒިޔާ ކީޕަރު ދިފާއުކުރުމުން ރީބައުންޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާ އެއްވަރުވުމުން ޖެހި ޕެނަލްޓީގައި މާޒިޔާގެ މައްޗަށް 7-8 ގެ ނަތީޖާއިން އީގަލްސް ވަނީ ކުރިހޯދާފައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކްލަބް އީގަލްސް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވިފައިވަނީ މާޒިޔާގެ އަހުމަދު އަތީގް އާއި އަބްދުﷲ ޖުނައިދުގެ އިތުރުން އީގަލްސްގެ މުހައްމަދު ނާއިމް އަދި މުހައްމަދު އަޝްވާންއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ޝާކިއްޓެ ބުނީ ތިންފަހަރު މެޗު ނިންމާލަން ލިބުނު ކަމަށާއި، ތަށި މިލްކު ކުރެވުނީ ހުރިހާ ކުޅުންތެރިންވެގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. މީގެއިތުރުން ޝާކިއްޓެ ބުނީ މި މުބާރާތް ކާމިޔާބުކުރެވުމުން ކުރިޔަށް އޮތް ސީޒަނަށް ފައިދާ ކުރާނެ ކަމަށެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު