ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 14:56
ނިއުގެ ޗެއާމަން ކާނަލް ޒިޔާދު (ކ) އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)
ނިއުގެ ޗެއާމަން ކާނަލް ޒިޔާދު (ކ) އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)
އެފްއޭއެމް
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް
 
އަވަސް މުސްތަގުބަލެއްގައި ރާއްޖެ ވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށްވެސް އިންފަންޓީނޯގެ މެސެޖުގައިވޭ

އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރުމާއި ގުޅިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަރުހަބާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައި އިންފަންޓީނޯ ވަނީ ނިއުއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރުމާއި ގުޅިގެން އެ ޓީމަށް މަރުހަބާ ދަންނަވާ މެސެޖެއް ފޮނުއްވާފައެވެ.

މި މެސެޖުގައި އިންފަންޓީނޯ ފާހަގަ ކުރައްވާފައިވަނީ ވޭތުވެދިޔަ ހަ އަހަރުތެރޭ ފަސްވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ނިއުއަށް ލިބިފައިވަނީ އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި ހުރިހާ ސްޓާފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އިންފަންޓީނޯ ވަނީ ނިއުގެ މި ކާމިޔާބުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި ފުޓްބޯޅައިގެ ދުނިޔޭގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ނަމުގައި އިންފަންޓީނޯ ވަނީ ނިއުއަށާއި އެފްއޭމްއިން ފުޓްބޯޅަ މެދުވެރިކޮށް ކޮށްދެމުންދާ ކަންތައްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އަވަސް މުސްތަގުބަލެއްގައި ރާއްޖެ ވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށްވެސް އިންފަންޓީނޯގެ މެސެޖުގައިވެއެވެ.

އެފްއޭމްއިން ވަނީ އިންފަންޓީނޯގެ މި މެސެޖު ނިއުއާއި ހަވާލުކޮށްފައެވެ. އެ އެސޯސިއޭޝަނުގެ ފަރާތުން މި މެސެޖު ނިއުއާއި ހަވާލުކޮށްދެއްވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އެވެ. އަދި ނިއުގެ ފަރާތުން މި މެސެޖާއި ހަވާލުވެޑައިގަތީ އެ ކްލަބުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުއެވެ.

ނިއުއިން ވަނީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިތުރަށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕުން ވެސް އެ ޓީމު ޖާގަ ހޯދާފައިވާއިރު މި ސީޒަން ވެގެން ގޮސްފައިވަނީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ސީޒަންގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް