ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 12:50
ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
ޔޫތް ޗެމްޕިއަންޝިޕް 2017
ތަށި މިލުކުކުރަން މާޒިޔާއާ ދެކޮޅަށް އީގަލްސް ނުކުންނަނީ
 
މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން
 
ކްލަބް އީގަލްސްއިން ފައިނަލަށް ދަތުރުކުރީ 3-0 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްގެން
 
މާޒިޔާއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގދ. ތިނަދޫގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން

ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަން (ޖޭއެފްއޭ) ގެ އެހީތެރިކަމާއެކު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް އީގަލްސް ވާދަކުރަން ޖެހިއްޖެއެވެ.

މާޒިޔާއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގދ. ތިނަދޫގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގައި މާޒިޔާގެ އިބްރާހިމް އަތީގް އެ ޓީމަށް ތިން ލަނޑު ޖަހައިދީ ހެޓްރިކެއް ހެދިއިރު އެ ޓީމުގެ ބާކީ ދެ ލަނޑު ޖަހައިދިނީ ހުސައިން ފުވާދުއާއި މުހައްމަދު ޝަހާއުއެވެ. މި މެޗުގައި ތިނަދޫއަށް ސުން ކަނޑުވާލަދިނީ ޒިލާލް މުހައްމަދުއެވެ.

ކްލަބް އީގަލްސްއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިގެންނެވެ. މި މެޗުގައި އީގަލްސްއިނެ ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ރާހުލް އަބްދުއްސަމަދު

އެފްއޭއެމްއިން މުބާރާތް ރާވާފައިވަނީ ރައުންޑް ރޮބިން ފޯމެޓަށެވެ. އެހެންކަމުން ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. މި ދެ ޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވީ މާޒިޔާއެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އީގަލްސްއިން ފައިނަލަށް ނުކުންނާނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށް ތަށި މިލުކު ކުރުމުގެ އުއްމީދުގައެވެ. މާޒިޔާއިން ވެސް ވަނީ މީގެކުރިން މި މުބާރާތް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އެފްއޭއެމް އިން 2011 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ.

ޔޫތް ޗެމްޕިއަންޝިޕަކީ ގިނަ ކުޅުންތެރިންތަކެއް ތައާރަފު ވެގެން ގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުން ވިދާލި ގިނަ ކުޅުންތެރިން އަންނަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގައި މުހިންމު ރޯލުތައް އަދާކުރަމުންނެވެ. ހަމައެހެންމެ މި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނޭ ކުޅުންތެރިން ވެސް ހިމެނެއެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު ގަލޮޅު ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް