ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 04:54
ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނަކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިއުލާންކުރައްވަނީ
ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނަކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިއުލާންކުރައްވަނީ
އެފްއޭއެމް
ވޯލްޑްކަޕް ތަށި ރާއްޖެއަށް
ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނަކަން އެފްއޭއެމް އިން ހާމަކޮށްފި
 
ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު

ފީފާ ވޯލްޑްކަޕްގެ ތަށި އަންނަ މަހުގެ 24 ވަނަ ދުވަހު ރާއްޖެ ގެންނަކަން އެފްއޭއެމް އިން ހާމަކޮށްފިއެވެ.

ވޯލްޑްކަޕް ތަށި ރާއްޖެ ގެންނަކަން އެފްއޭއެމް އިން ހާމަކުރީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނަން ހަމަޖެހިފައިވާކަން އިއުލާންކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނަން ނިންމީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިޔާލާއެކުގައި ކަމަށާއި، މިއަދު މިކަން ހަގީގަތަކަށްވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ބައްސާމް ވިދާޅުވީ ކޮކާކޯލާ އަދި ފީފާއާއެކު ކުރެވުނު މަޝްވަރާއާއެކު ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެނައުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އަންނަ މަހުގެ 24 ވަނަ ދުވަހު ވޯލްޑްކަޕްގެ ތަށި ދިވެހި ފަސްގަނޑުގައި ޖެހިގެންދާނެ ކަމަށެވެ. އަދި އެއަށްފަހު 25 ވަނަ ދުވަހު ތަފާތު ހަރަކާތްތަކާއެކު ވޯލްޑްކަޕްގެ ތަށި ދައްކާލާނެ ކަމަށެވެ.

ވޯލްޑްކަޕް ތަށި އެކި ގައުމުތަކަށް ގެންދިޔުމަށް ޓުއާ ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ލަންޑަނުންނެވެ. އެއަށްފަހު ތަށި ރާއްޖެ ގެންނާނީ ޖެނުއަރީ 24 ވަނަ ދުވަހު އެވެ. މިފަހަރު ވޯލްޑްކަޕްގެ ތަށި 50 ގައުމަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ ގެންނަ ވޯލްޑްކަޕް ތަށްޓަކީ 18 ކެރެޓު ރަނުން ހަދާ، 1974 ވަނަ އަހަރު އުފެއްދި ތަށްޓެކެވެ. މި ތަށި އެންމެ ފަހުން ކާމިޔާބުކޮށްފައި ވަނީ 2014 ވަނަ އަހަރު ޖަރުމަނެވެ. މި ތަށީގެ އަގު ގާތްގަނޑަކަށް އެއްލައްކަ ފަންސާސްހާސް ޑޮލަރަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް