ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 18:51
މަދިރި - މަދިރި ޝައުގުވެރިވާ ސަބަބުތަކުގެ ތެރޭގައި ހަމުގައި އުފެދޭ ބައެއް ކެމިކަލް ހިމެނޭ
މަދިރި - މަދިރި ޝައުގުވެރިވާ ސަބަބުތަކުގެ ތެރޭގައި ހަމުގައި އުފެދޭ ބައެއް ކެމިކަލް ހިމެނޭ
ހެލްތްލައިން
މަދިރި
މަދިރި ބައެއް މީހުންނަށް ދޯޅުވަނީ ކީއްވެ؟
 
މާބަނޑު މީހުންނަށް މަދިރި ޝައުގުވެރިވޭ

ބައެއް މީހުންގެ ގައިގައި މަދިރި ހަފާއިރު އަނެއް ބަޔަކު ހަމަ ކަހާތަން ހިރުވާވެސް ނުލާ އެބަތިބެއެވެ. މަދިރި ގިނަ ތަންތަނަށް ގޮސްގެން އުޅެން ޖެހޭ އިރު އެއްބަޔަކަށް މަދިރީގެ އުނދަގޫ އިންތިހާއަށް ކުރާ އިރު އަނެއް ބަޔަކަށް މަދިރި އުނދަގުލެއް ނުކުރެއެވެ. ސުވާލަކީ މަދިރި އެއްބަޔަކަށް ޝައުގުވެރިވެފައިވާ އަނެއް ބަޔަކަށް ޝައުގުވެރިކަން ނުހުންނަނީ ކީއްވެ ހެއްޔެވެ؟

އެމެރިކާގެ މޮސްކިޓޯ ކޮންޓްރޯލް އެސޯސިއޭޝަންގެ ތަޖްރިބާކާރަކު ކަމުގައިވާ ޖޯސެފް އެމް. ކޮންލޮން ބުނަނީ އޭގެ ސަބަބަކީ އެކި މީހުންގެ ހަމުގައި އުފައްދާ ބައެއް ބާވަތުގެ ކެމިކަލް އަދި ހަމުގައި އެކުލެވޭ ވަސްތަކުގެ ސަބަބުން ބައެއް މީހުންނަށް މަދިރި ޝައުގުވެރިވެފައި އަނެއް ބަޔަކަށް ޝައުގުވެރި ނުވަނީ ކަމަށެވެ.

މަދިރި ދޯޅުވުމަށް މެދުވެރިވާ ހަތަރު ސަބަބެއް ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ބަލިވެ އިނުން

އިންސާނުންގެ ގައިގައި ހަފަނީ އަންހެން މަދިރިއެވެ. އަންހެން މަދިރިއަކީ ކާބަންޑައި އޮކްސައިޑް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. 2002 ވަނަ އަހަރު ލެންސެޓް މަޖައްލާގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން މާބަނޑު މީހުންގެ ބަލިވެ އިނދެ އެންމެ ފަހު ސްޓޭޖްގައި (28 ހަފްތާ) ނޭވާލުމަށްފަހު ބޭރުކުރާ ވައިގައި ކާބަންޑައި އޮކްސައިޑް އެކުލެވޭ ނިސްބަތް އެނޫން މީހުންނަށް ވުރެ 21 އިން ސައްތަ މައްޗެވެ. އެހެން ކަމުން މާބަނޑު މީހުންނަށް މަދިރި ޝައުގުވެރިވަނީ އެމީހުންގެ ނޭވާގައި ކާބަންޑައި އޮކްސައިޑް އެކުލެވޭ ނިސްބަތް މަތިވުމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކާބަންޑައި އޮކްސައިޑް މާބަނޑުމީހުން ލާ ނޭވާގައި މަތި ވުމަކީ މަދިރި އެމީހުންނަށް ޝައުގުވެރިވާ ހަމައެކަނި ސަބަބެއް ނޫނެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އެކިކަހަލަ ވަސް އެކުލެވޭ ކެމިކަލްތައް އުފެދުން އިތުރުވެއެވެ. އެހެން ކަމުން އެބާވަތްތަކުގެ ކެމިކަލްގެ ސަބަބުންވެސް މާބަނޑު މީހުންނަށް މަދިރި ޝައުގުވެރިވާ ކަމަށް ކޯނެލް ޔުނިވަސިޓީގެ ޕްރޮފެސަރ އެއް ކަމުގައި ޑރ ލައުރާ ހެރިންގޓަން ހާމަކޮށްފައިވެއެވެ.

ގަދަޔަށް ދާހިއްލުން

ގަދަޔަށް ދާ ހިއްލާފައި ހުންނަ ނަމަ މަދިރި އެމީހަކަށް ވަކިން ބޮޑަށް ދޯޅު ވެއެވެ. ސަބަބަކީ ދަލާ އެކު ހަންގަނޑުން ބޭރުވާ ލެކްޓިކް އެސިޑަށް މަދިރި ޝައުގުވެރިވާތީއެވެ. އޭގެ އިތުރުން ގަދަޔަށް ދާހިއްލާ އިރު ހަށިގަނޑުގެ ފިނިހޫނު މިންވެސް މައްޗަށް ދާތީ، ހޫނުކަން މައްޗަށް ދިއުމަކީވެސް މަދިރި ދޯޅުވާން ދިމާވާ ސަބަބެކެވެ.

އޯ ގްރޫޕް ލޭ ހުރުން

ތަޖުރިބާކާރުން ބުނަނީ އޯ ގްރޫޕް ލޭ ހުންނަ މީހުންނަކީ މަދިރި ޝައުގުވެރިވާ ބައެއް ކަމަށެވެ. ޖާނަލް އޮފް މެޑިކަލް އެންޓޮމޮލޮޖީގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި މިކަން ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އޯ ގްރޫޕް ލޭ ހުންނަ މީހުން މަދިރިޔަށް ކަމުދާ ބާވަތެއްގެ ވަސް ހުންނަ ކެމިކަލެއް އުފައްދާ ކަމަށް ދިރާސާ އިން ހާމަވެއެވެ.

ޖެނެޓިކް ސަބަބުތައް

ހަށިގަނޑުގައި ހުންނަ ބައެއް ބާވަތުގެ ޖީން އަކީ "މޮސްކިޓޯ ރިޕެލެންޓް" އުފައްދާ ޖީން ކަމަށް ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ތަޖުރިބާކާރުން ބުނެއެވެ. އެހެން ކަމުން އެބާވަތުގެ ޖީން ހުންނަ މީހުންގެ ހަށިގަނޑުން މަދިރި ދުރުކުރާ ބާވަތުގެ ކެމިކަލް ގުދުރަތީ ގޮތުން އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
22%
22%
0%
22%
11%
22%
ކޮމެންޓް