ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 19:50
ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝަރާނޯ
ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝަރާނޯ
ގެޓީ އިމޭޖަސް
ހާވިއާ މަޝަރާނޯ
ހެބެއި ޗައިނާ އަށް މަޝަރާނޯ ވިއްކާލަނީ!
 
މަޝަރާނޯ ހެބެއި ޗައިނާ އަށް ވިއްކާލަނީ ޖެނުއަރީ ޓްރާންސްފާގައި

ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝަރާނޯ ޗައިނާގެ ކްލަބެއް ކަމަށްވާ ހެބެއި ޗައިނާ އަށް ވިއްކާލަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު މަޖައްލާއެއް ކަމަށްވާ "މާސާ" އިން ބުނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ހެބެއި ޗައިނާ އަށް މަޝަރާނޯ ވިއްކާލަން ބާސާއާއެކު އެ ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ބާސާގެ ޑިފެންޑަރު އުމްޓިޓީ އަނިޔާއިން ސަލާމަތްވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމާއެކު، ކުރިޔަށް އޮތް އަހަރުގެ ޖެނުއަރީ މަހު އޭނާ ބާސާ އަށް ބަދަލުވާނެ ކަމަށްވެސް މާސާ އިން ބުނެއެވެ.

ރިވާ ޕްލޭޓުން ކެރިޔަރު ފެށި މަޝަރާނޯ ވަނީ ކޮރިންތިއަންސް އާއި ވެސްޓްހަމް ފަދަ ކްލަބްތަކަށްވެސް ކުޅެފައެވެ. މަޝަރާނޯ ވިދާލާފައިވަނީ ލިވަޕޫލް އިންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 139 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލް ދޫކޮށްލުމަށް ފަހު މަޝަރާނޯ ބާސާ އަށް ބަދަލުވީ 2010 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 332 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މަޝަރާނޯ ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ލީގު ތައްޓާއި، ހަތަރު ކޮޕާޑެލްރޭ އާއި ތިން ސްޕެނިޝް ސުޕަ ކަޕާއި، ދެ ޔުއެފާ ޗެމްޕިއަންސް ލީގާއި، ދެ ޔުއެފާ ސުޕާ ކަޕް އަދި ދެ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 33 އަހަރުގެ މަޝަރާނޯ ވަނީ ގައުމީ ޓީމަށް ކުޅުނު 141 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު ފީފާ ވޯލްޑްކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން އޮލިމްޕިކްގެ ރަން މެޑަލް ދެފަހަރު ހޯދާފައެވެ.   

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
67%
0%
0%
0%
33%
ކޮމެންޓް