ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 17:35
އާސެނަލް އަށް ކުރިން ކުޅުނު ތޯމަސް ރޮސިސްކީ
އާސެނަލް އަށް ކުރިން ކުޅުނު ތޯމަސް ރޮސިސްކީ
ޓްވިޓަރ
ތޯމަސް ރޮސިސްކީ
އާސެނަލްގެ ކުރީގެ ތަރި ރޮސިސްކީ ކުޅުން ހުއްޓާލައިފި
 
ކެރިޔަރު ނިންމާލީ ކެރިޔަރު ފެށި ކްލަބް ސްޕާޓާ އިން
 
ރޮސިސްކީ ކުޅުން ހުއްޓާލިއިރު އޭނާގެ އުމުރުން 37 އަހަރު

އާސެނަލްގެ ކުރީގެ ތަރި ތޯމަސް ރޮސިސްކީ ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 37 އަހަރުގެ ރޮސިސްކީ ކުޅުން ހުއްޓާލުމަށް ފަހު ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެން އޭނާ ފިޓު ނޫން ކަމަށާއި، އެގޮތުން މިއީ ފުޓުބޯޅަ ކެރިޔަރު ނިންމާލަން ލިބޭ އެންމެ ރަނގަޅު ދަނޑިވަޅުކަމުގައި ދެކޭ ކަމަށެވެ.

ޗެކް ރިޕަބްލިކްއަށް އުފަން ރޮސިކްސީ އޭނާގެ ކެރިޔަރު ފެށީ 1998 ވަނަ އަހަރު އެގައުމުގެ ކްލަބެއް ކަމަށްވާ ސްޕާޓާއިންނެވެ. އޭނާގެ ކެރިޔަރު ވެސް ނިންމާލާފައި ވަނީ ހަމަ އެކްލަބުންނެވެ.

އާސެނަލްގައި ކެޕްޓަންކަން ވެސް ކުރި ރޮސިސްކީ ބުނީ ފުޓުބޯޅަ ކެރިޔަރު ފަށައި އަދި މޮޅެތި ކްލަބްތަކަށް ކުޅެން ފުރުސަތު ތަނަވަސްވީ އޭނާ އެންމެ ލޯބިވާ ކްލަބް ސްޕާޓާގެ ސަބަބުން ކަމަށާއި، އެގޮތުން އެ ކްލަބުގައި ރިޓަޔާކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ސްޕާޓާ އަށް ކުޅުމަށް ފަހު ރޮސިސްކީ 2000 ވަނަ އަހަރު ބަދަލުވީ ބްރޯޝިއާ ޑޯޓްމަންޑަށެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 189 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފައެވެ. ޑޯޓްމަންޑާ އެކު ރޮސިސްކީ ވަނީ ބުންޑަސްލީގާ ކާމިޔާބުކުރުމުގެ އިތުރުން ޔުއެފާ ކަޕްގެ ދެވަނަ ހޯދާފައެވެ.

ޑޯޓްމަންޑް ދޫކޮށްލުމަށް ފަހު ރޮސިސްކީ އާސެނަލް އަށް ބަދަލުވީ 2006 ވަނަ އަހަރެވެ. އޭނާ ވަނީ އެޓީމުގައި 10 އަހަރު ހޭދަކޮށް ކުޅުނު 247 މެޗުގައި 28 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެޓީމާއެކު އެފްއޭކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ރޮސިސްކީ އާސެނަލްއަށް ކުޅުމަށް ފަހު އަނބުރާ އޭނާ ކެރިޔަރު ފެށި ކްލަބަށް ބަދަލުވީ މިދިޔަ އޯގަސްޓް މަހެވެ. 

ޗެކް ރިޕަބްލިކްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮސިސްކީ ވަނީ ގައުމީ ޓީމަށް 105 މެޗު ކުޅެ 23 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް