ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 08:26
ބީބީސީގެ 2017 ވަނަ އަހަރުގެ ކުޅިވަރު ޝަހުޝިއްޔަތަކަށް ހޮވުނު އިނގިރޭސި ދިގު ދުވުންތެރިޔާ މޯ ފަރާ
ބީބީސީގެ 2017 ވަނަ އަހަރުގެ ކުޅިވަރު ޝަހުޝިއްޔަތަކަށް ހޮވުނު އިނގިރޭސި ދިގު ދުވުންތެރިޔާ މޯ ފަރާ
ގެޓީ އިމޭޖަސް
ބީބީސީ ސްޕޯޓްސް އެވޯޑް
ބީބީސީގެ އަހަރުގެ ކުޅިވަރު ޝަހުޝިއްޔަތަކަށް މޯ ފަރާ ހޮވިއްޖެ
 
މިއެވޯޑަށް ފަރާ އާ އެންމެ ވާދަކުރީ ދުނިޔޭގެ ސުޕަރބައިކް ޗެމްޕިއަން ޖޮނަތަން ރެއާ
 
މިއީ 2002 ވަނަ އަހަރުގެ ފަހުން މިއެވޯޑް ދިގު ދުވުންތެރިޔަކަށް ލިބުނު ފުރަތަމަ ފަހަރު
 
އޭނާ ވަނީ 10 ހާސް މީޓަރުގެ ދުވުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ހޯދާފަ

ބީބީސީ އިން ހޮވި 2017 ވަނަ އަހަރުގެ ކުޅިވަރު ޝަހްޝިއްޔަތަކަށް އިނގިރޭސިވިލާތުގެ ދިގު ދުވުންތެރިޔާ މޯ ފަރާ ހޮވިއްޖެ އެވެ.

ދިހަ ހާސް މީޓަރުގެ ދުނިޔޭގެ ޗެމްޕިއަން މޯ ފަރާއަކީ، 2002 ވަނަ އަހަރު ބީބީސީގެ ކުޅިވަރު ޝަހްޝިއްޔަތަށް ހޮވުނު ޕައުލާ ރެޑްކްލިފްގެ ފަހުން، މިއެވޯޑް ހޯދި ފުރަތަމަ ދިގު ދުވުންތެރިޔާ އެވެ.

އުމުރުން 34 އަހަރުގެ މޯ ފަރާ ވަނީ، އޯގަސްޓް މަހު ލަންޑަންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި 10،000 މީޓަރުގެ ދުވުން ކާމިޔާބުކޮށް، މިރޭހުގެ ދުނިޔޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރު ހޯދާފައެވެ.

ބީބީސީގެ އަހަރުގެ ކުޅިވަރު ޝަހްޝިއްޔަތު މޯ ފަރާ އާ އެންމެ ވާދަކޮށްފައިވަނީ ދުނިޔޭގެ ސުޕަރ ބައިކް ޗެމްޕިއަން ޖޮނަތަން ރެއާ އެވެ. މިއެވޯޑަށް ވާދަކުރި އެތުލީޓުންގެ ތެރެއިން ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ދެ ފަހަރެއްގެ މަތިން ޕެރަލިމްޕިކް ޗެމްޕިއަންކަން ހޯދާފައިވާ ޖޮނީ ޕީކޮކް އެވެ.

އިނގިރޭސިވިލާތުގައި ބޭއްވި އެވޯޑް ހަފްލާގައި މޯ ފަރާ އަށް ބައިވެރިނުވެވުމާއެކު، އޭނާ އާ އެވޯޑް ހަވާލުކޮށްފައިވަނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ.

މިއެވޯޑަށް ވާދަކުރި 12 އެތުލީޓުންގެ ތެރެއިން، މޯ ފަރާ މީގެ ކުރިން ވަނީ ފަސް ފަހަރެއްގެ މަތީން ބީބީސީގެ އަހަރުގެ ކުޅިވަރު ޝަހްޝިއްޔަތުގެ އެވޯޑަށް ޝޯޓްލިސްޓްވެފައެވެ. އޭގެ ތެރެއިން އެވޯޑާއި އެންމެ ގާތަށް ގޮސްފައިވަނީ 2011 ވަނަ އަހަރު އެވެ. އެއަހަރު އާއްމުންގެ ވޯޓުން އޭނާ އަށް ލިބިފައިވަނީ ތިންވަނަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް