ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 17:38
ލިވަޕޫލް އަށް ކުޅެމުން އަންނަ ޑެނިއަލް ސްޓަރިޖް
ލިވަޕޫލް އަށް ކުޅެމުން އަންނަ ޑެނިއަލް ސްޓަރިޖް
ގޯލް.ކޮމް
ޑެނިއަލް ސްޓަރިޖް
ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލް ދޫކޮށްލަން ސްޓަރިޖަށް ހުއްދަ ދީފި
 
ސްޓަރިޖް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން

ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލް ދޫކޮށްލަން އެ ކްލަބުގެ ޑެނިއަލް ސްޓަރިޖަށް ހުއްދަ ދީފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫސް މަޖައްލާއެއްކަމަށްވާ "ދަ ސަން" އިން ބުނީ ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލް ދޫކޮށްލަން ސްޓަރިޖަށް ހުއްދަ ދީފައިވާ ކަމަށާއި، އޭނާ ބޭނުންވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގައި އިންގްލޭންޑްގެ ސްކޮޑުން ޖާގައެއް ހޯދަން ކަމަށެވެ. އެގޮތުން މި ސީޒަނުގައި ސްޓަރިޖަށް ލިވަޕޫލްގެ ފުރަތަމަ އެގާރައިގެ ޖާގަ ލިބުން ދަތިވެފައި ވާއިރު، އޭނާ އަށް އެންމެ ރަނގަޅުވާނީ ލޯން އެއްބަސްވުމެއްގެ ދަށުން ކްލަބަކަށް ބަދަލުވުން ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސްޓަރިޖް ހޯދުމަށް ސްޕެއިން އަދި ޖަރުމަންގެ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަ ވެސް އޭނާ ދާނެ ކްލަބެއް އަދި ކަށަވަރެއްނުވެއެވެ.

މެންޗެސްޓާ ސިޓީން 2006 ވަނަ އަހަރު ކެރިޔަރު ފެށި ސްޓަރިޖް ވިދާލީ ޗެލްސީގައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 96 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޗެލްސީއާ އެކު ޕްރިމިއާ ލީގު، އެފްއޭކަޕް ކަޕް ދެފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީގައި ހުރެ ލޯން އެއްބަސްވުމެއްގެ ދަށުން 2011 ވަމަ އަހަރު ބޮލްޓަން ވޮންޑާސް އަށް ސްޓަރިޖް ވަނީ ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 12 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު ސްޓަރިޖް ލިވަޕޫލްއަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 133 މެޗުގައި 63 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް