ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 19:26
އާރްބީ ލެޕްޒިންގް އަށް ކުޅެމުން އަންނަ ނަބީ ކެއިޓާ
އާރްބީ ލެޕްޒިންގް އަށް ކުޅެމުން އަންނަ ނަބީ ކެއިޓާ
ގޯލް.ކޮމް
ނަބީ ކެއިޓާ
ޖެނުއަރީ ޓްރާންސްފާގައި ކެއިޓާ ލިވަޕޫލް އިން ނުފެންނާނެ: ކްލޮޕް
 
ކެއިޓާ ލިވަޕޫލް އަށް ބަދަލުވާނީ އަންނަ އަހަރުގެ ޖުލައި މަހު

ޖެނުއަރީ ޓްރާންސްފާގައި އާރްބީ ލެޕްޒިންގް އަށް ކުޅެމުން އަންނަ ނަބީ ކެއިޓާ ނުފެންނާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.  

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކްލޮޕް ބުނީ އެއްބަސްވުމެއް ހެދިފައިވާ ކަމަށާއި، އެގޮތުން އެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު އޭނާ ލިވަޕޫލްއަށް ބަދަލުވާނެ ކަމަށެވެ.

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފައިވަނީ 48 މިލިއަން ޕައުންޑަށެވެ. އެގޮތުން ކެއިޓާ ވެގެންގޮސްފައިވަނީ ލިވަޕޫލް އަށް އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއަށެވެ.

އުމުރުން 22 އަހަރުގެ ކެއިޓާ ލިވަޕޫލްއާ އެކު މެޑިކަލް ފުރިހަމަކޮށްފައިވާއިރު، އޭނާ އެ ކްލަބާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއްބަސްވުން "އިފެކްޓިވް" ވާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

ލިވަޕޫލް އަށް ސޮއިކުރުމަށްފަހު ކެއިޓާ ބުނީ ކުރިޔަށް އޮތް ސީޒަނުން ފެށިގެން ނަމަވެސް ލިވަޕޫލްއަށް ބަދަލުވާން ފުރުސަތު ލިބުމުން އުފާވާ ކަމަށާއި، ލިވަޕޫލް އަށް ކާމިޔާބީ ހޯދައިދިނުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށެވެ.

ކެއިޓާ ބުނީ ކުރިޔަށް އޮތް ސީޒަނުގައި ލިވަޕޫލް އަށް ބަދަލުވާން ނިންމާ އެއްބަސްވުން ހެދިފައިވުމަކީ ފައިދާއެއް ކަމަށާއި، އޭގެ ސަބަބުން މިހާރުގެ ކްލަބް ލެޕްޒިންގް އަށް ކާމިޔާބު ހޯދައިދިނުމަށް އިތުރަށް ފޯކަސް ކުރެވޭނެ ކަމަށެވެ.

ލިވަޕޫލް އިން އެންމެ އަގުބޮޑުކޮށް ކުޅުންތެރިޔަކު ގެނައީ މި ސީޒަނަށެވެ. އެއީ ރޯމާ އަށް ކުޅެމުން އައި މިސްރުގެ މުހައްމަދު ސަލާހް އެވެ. އޭނާ އެ ކްލަބުން ގެނައީ 36.9 މިލިއަން ޕައުންޑަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް