ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 19:24
ޑްރޮގްބާ ރާއްޖެ އައުމުން މަރުހަބާ ކިޔަނީ
ޑްރޮގްބާ ރާއްޖެ އައުމުން މަރުހަބާ ކިޔަނީ
ޓްވިޓަރ
ޑިޑިއޭ ޑްރޮގްބާ
ޑްރޮގްބާ ރާއްޖެ އަތުވެއްޖެ
 
ޑްރޮގްބާ ރާއްޖެ އައީ މުބާރާތެއްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް

އަމިއްލަ ފަރާތަކުން ބާއްވާ މުބާރާތެއްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ރާއްޖެ އަތުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޑްރޮގްބާ ރާއްޖެ އައިސްފައިވާއިރު، އޭނާ ޝަރަފުވެރިކޮށްދޭ ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުއެވެ.

ފައިނަލް މެޗުގައި ބައްދަލުކުރާނީ ނ.މިލަންދޫ އާއި ނ.ލަންދޫއެވެ. މި މެޗު ކުޅޭނީ ނ.މާޅެންދޫގައެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ އައިވަރީކޯސްޓްގެ ފޯވާޑް ޑްރޮގްބާ ވަނީ ޗެލްސީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޗެލްސީއާއެކު ހަތަރު ޕްރިމިއާ ލީގު، ހަތަރު އެފްއޭކަޕް، ތިން ލީގު ކަޕް، ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އުމުރުން 39 އަހަރުގެ ޑްރޮގްބާ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ ކްލަބެއްކަމަށްވާ ފޯނިކްސް ރައިސިން އަށެވެ. އޭނާ ވަނީ މި އަހަރު އެ ކްލަބަށް ކުޅުނު 14 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ރާއްޖެ އައިސްފައިވަނީ ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޮސް ޕިޔޯލްއެވެ. ޕިޔޯލް ވަނީ މި އަހަރު އެފްއޭއެމް އެވޯޑް ޝަރަފުވެރިކޮށްދިނުމަށް ރާއްޖެ އައިސްފައެވެ. އެގޮތުން ހޮނިހިރު ދުވަހު އޮތް އެވޯޑު ޝަރަފުވެރިކޮށްދިނުމަށް އޭނާ ވަނީ ބުރާސްފަތި ދުވަހު ރާއްޖެ އައިސްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް