ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 17:59
ރޮނާލްޑޯ އަދި ޒިދާން: ރޮނާލްޑޯ އަދި ޒިދާން ވެސް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި
ރޮނާލްޑޯ އަދި ޒިދާން: ރޮނާލްޑޯ އަދި ޒިދާން ވެސް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި
ގޯލް.ކޮމް
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ޒިދާން
 
ރޮނާލްޑޯއަކީ އޭނާއަށް ވުރެ މޮޅު ކުޅުންތެރިޔެއް ކަމަށް ސުވާލު ކުރުމުން ޒިދާން ބުނީ އެކަމުގައި ދެބަސް ވެވެން ނެތްކަމަށް
 
އޭނާ ޖަހާ ލަނޑުގެ އަދަދަކީ އެކަމަށް ބާރުދޭ އެންމެ އަލިގަދަ ހެކި ކަމަށް ވެސް ޒިދާން ބުނެފައިވޭ
 
ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ މި އެވޯޑު ޖުމްލަ ފަސް ފަހަރެއްގެ މަތިން ހޯދާފަ

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ފަސްވަނަ ފަހަރަށް ބެލެންޑޯ އެވޯޑު ހޯދި ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ މި އެވޯޑު ޖުމްލަ ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. މިފަހަރުގެ އެވޯޑާއެކު އޭނާ ވަނީ މީގެކުރިން މި އެވޯޑު ފަސް ފަހަރު ހޯދި ބާސެލޯނާގެ ފޯވާޑް އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އަރާ ހަމަކޮށްފައެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި މި އެވޯޑު 1998 ވަނަ އަހަރު ހޯދި ޒިދާން ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ރޮނާލްޑޯއަކީ ތާރީހުގައި ވެސް އެފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެކަމަށް ބާރުދޭނެ ހެކި ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ކޮންމެ ސީޒަނެއްގައި ވެސް ޓީމަށް ތަށި ގެނެސްދިނުމަށް އެތަކެއް މަސައްކަތްތަކެއް ކުރާ ކަމަށާއި އޭނާ ޖަހާ ލަނޑުގެ އަދަދަކީ އެކަމަށް ބާރުދޭ އެންމެ އަލިގަދަ ހެކި ކަމަށް ވެސް ޒިދާން ބުނެފައިވެއެވެ.

ރޮނާލްޑޯއަކީ އޭނާއަށް ވުރެ މޮޅު ކުޅުންތެރިޔެއް ކަމަށް ސުވާލު ކުރުމުން ޒިދާން ބުނީ އެކަމުގައި ދެބަސް ވެވެން ނެތް ކަމަށާއި ރޮނާލްޑޯއަކީ ޒިދާންއަށް ވުރެ ހާސް ގުނަ މޮޅު މީހެއް ކަމަށެވެ. އެކަމާއި ގުޅިގެން އެއްވެސް ބުރަ ކަމެއް ހިތުގައި ނެތް ކަމަށާއި އޭނާގެ ފުޓްބޯޅަ ކެރިއަރަކީ ވެސް ކާމިޔާބު ކެރިއަރެއް ކަމަށް ޒިދާން މި އިންޓަވިއުގައި ބުނެފައިވެއެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޒިދާން ބުނީ ރޮނާލްޑޯއަށް ނިސްބަތްކޮށް ވަރަށް ގިނަ ބަދު ބަސް ބުނާ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ކޮންމެ މެޗެއްގައި ވެސް އާދަޔާ ހިލާފް ކުޅުމެއް ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ.

ރޮނާލްޑޯއަކީ އެއްވަރެއްގައި އޭނާގެ ކުޅުމުގެ ފެންވަރު ހިފަހައްޓަމުންދާތާ 15 އަހަރު ވެފައިވާ ކުޅުންތެރިޔެއް ކަމަށާއި އެއީ އެހެން ކުޅުންތެރިންނަށް ކުރަން ވަރަށް އުނދަގޫ ވާނެ ކަމެއް ކަމަށްވެސް ޒިދާން ބުނެފައިވެއެވެ. ރޮނާލްޑޯއަކީ ކޮންމެ ދުވަހަކު ވެސް ފުޓްބޯޅައިގެ ތާރީހު ބަދަލުކުރަމުންދާ ކުޅުންތެރިޔެއް ކަމަށް ޒިދާން މި އިންޓަވިއުގައި ބުންޏެވެ.

ޒިދާން މިގޮތަށް ވާހަކަ ދައްކާފައިވާއިރު ރޮނާލްޑޯ އަންނަނީ 2009 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ފަހުން އާދަޔާ ހިލާފަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.އެގޮތުން އޭނާވަނީ އެ ޓީމާއެކު  ތިން ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލަލީގާވެސް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އޭނާވަނީ އެ ޓީމަށް ކުޅުނު 412 މެޗުގައި 418 ލަނޑު ޖަހައިދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
9 ޑިސެންބަރ 2017 | ހޮނިހިރު 21:01
މަޓަރާޒީ
ޒިދާން އެންމެ މޮޅުކުލުންތެރިޔާ އައް ރޮނާލްޑޯވެދާނެ. ދުނިޔޭގެ ގިނަބަޔަކައް އެއްމެ މޮޅު ކުޅުންތެރިއަކީ މެސީ.ޒިދާން ލަދުގަނޭ މެސީމޮޅޭބުނަން.