ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 14:54
ޔުނައިޓެޑްގެ ލެޖެންޑް ގިގްސް
ޔުނައިޓެޑްގެ ލެޖެންޑް ގިގްސް
ގެޓީ އިމޭޖަސް
ރަޔާން ގިގްސް
ވޭލްސްގެ ކޯޗްކަމަށް ޝައުގުވެރިވޭ: ގިގްސް
 
ގިގްސް ވަނީ ޔުނައިޓެޑަށް ހަތަރު މެޗުގައި އިރުޝާދު ދީފައި

ވޭލްސްގެ ކޯޗު ކަމަށް ޝައުގުވެރިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރަޔާން ގިގްސް ބުނެފިއެވެ.

ސްކައި ސްޕޯޓްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ގިގްސް ބުނީ ވޭލްސްއަކީ މީގެ ކުރިން އޭނާ ކުޅުނު ޓީމެއް ކަމަށެވެ.

އެގޮތުން އޭނާ ބުނީ ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ތެރެއަށް ދާން ބޭނުންވާ ވާހަކަ މީގެ ކުރިން ވެސް ބުނެފައިވާނެ ކަމަށާއި، ވޭލްސްގެ ކޯޗުގެ މަގާމަކީ އެންމެ އުންމީދުކުރާ އެއް މަގާމު ކަމަށެވެ. އެހެންނަމަވެސް އުމުރުން 44 އަހަރުގެ ގިގްސް ބުނީ ވޭލްސްގެ ކޯޗުކަމަށް ޝައުގުވެރިވާ ވާހަކަ މީގެ ކުރިން އެކަކު ކައިރީ ވެސް ދައްކާފައިނުވާނެ ކަމަށެވެ.

ވޭލްސްގެ ކޯޗުގެ މަގާމު ހުސްވެފައި ވަނީ މިދިޔަ މަހު އެ ޓީމުގެ ކޯޗު ކްރިސް ކޯލްމަން އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން 2014 ވަނަ އަހަރު ޑޭވިޑް މޮއެސް ވަކިކުރުމުން އެޓީމުގެ ކޯޗެއްގެ ގޮތުގައި ހަތަރު މެޗުގައި ގިގްސް ވަނީ އިރުޝާދު ދީފައެވެ. އެ އަށް ފަހު 2016 ވަނަ އަހަރުގެ ނިޔަލަށް ގިގްސް ވަނީ ލުއިސް ވެންހާލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޔުނައިޓެޑްގައި މަސައްކަތްކޮށްފައެވެ.

އެހެންނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު އެސިސްޓެންޓް ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު ކްލަބާ ދުރަށް ގޮސްފައެވެ.

ސްކައި ސްޕޯޓްސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ގިގްސް ބުނީ، ލެސްޓާ އާއި އެވަޓަންއަކީ ވަރަށް ވަރުގަދަ ދެ ކްލަބް ކަމަށާއި، އެ ދެ ކްލަބަކީ ވެސް ކޯޗުކަންކޮށްދޭން އޭނާ ޝައުގުވެރިވާ ދެ ކްލަބް ކަމަށެވެ.

ގިގްސް ބުނީ ލެސްޓާއަކީ މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށާއި، އެވަޓަންއަކީ ރަނގަޅު ތާރީހެއް އޮތް މޮޅު ކްލަބެއް ކަމަށެވެ. އެގޮތުން އެ ދެ ކްލަބަށް ކޯޗުކަން ކޮށްދޭން ބޭނުންވާ ކޯޗުން ތިބޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ގިގްސް ބުނީ އޭނާ އަށް އެނގޭ އެއްޗެއް އެހެން ބަޔަކަށް ކިޔައިދިނުމަށް ހުރީ ތައްޔާރަށް ކަމަށާއި، ކްލަބްތައް އަދި ކުޅުންތެރިން ކުރިއެރުވުމަށް ވަރަށް ޝައުގުވެރިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް