ކ. މާލެ
|
8 ޑިސެންބަރ 2017 | ހުކުރު 17:31
ޓްވިޓްސަލްގެ ފުރަތަމަ މެޗުގެ ތެރެއިން
ޓްވިޓްސަލްގެ ފުރަތަމަ މެޗުގެ ތެރެއިން
ޓްވިޓަރ
ޓްވިޓްސަލް
ޓްވިޓްސަލްގެ ކުޅުން ފޯރިއާ އެކު ކުރިޔަށް
 
މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމެއް ބައިވެރިވެފައިވޭ

ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ ޓްވިޓާގައި އެންމެ ހަރަކާތްތެރި ދިވެހިންގެ މެދުގައި "ޓްވިޓްސަލް"ގެ ނަމުގައި ބާއްވާ ފުޓްސަލް މުބާރާތުގެ ކުޅުން ފޯރިއާ އެކު ކުރިޔަށް އެބަދެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމެއް ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެން ހަތަރު ޓީމާއި ފިރިހެން އަށް ޓީމެވެ. ޖުމްލަ 120 ކުޅުންތެރިޔަކު މިފަހަރުގެ މުބާރާތުގައި ފެނިގެންދާނެއެވެ. މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ނަން ދެވިފައި ވަނީ ސްޕޮންސަރަށް ނިސްބަތްކޮށެވެ. އެގޮތުން މި މުބާރާތުގެ ޓީމުތައް ސްޕޮންސަރ ކޮށްފައި ވަނީ ސޭންޑްވިޗް ބާ، ޗިޒްޕާ، މޫޝާން، އަލްފާ މެރިން، ލީފް ޕްރައިވެޓް ލިމިޓެޑް، ޔޮންޑާ، އައިއެސްއެސްއޯ، ޕްރޯ ފިޓްނެސް، ޗެޕްސް ރިޒާވްޑް، ޓޮޑީ، ރައިޕް ޖޫސްގެ އިތުރުން ހަސަން މެރިންއެވެ.

ފިރިހެން ޑިވިޝަން ރޭވިފައިވާ ގޮތުން ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބެހިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީ ފައިނަލްގެ ޖާގައެއް ލިބޭނެއެވެ. ހަމައެހެންމެ އަންހެން ޑިވިޝަނުގެ ފައިނަލަށް ހޮވޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މި މުބާރާތުގެ އިތުރަށް ޓްވިޓްސަލްއިން އިސްނަގައިގެން "ޓްވިޓްސަލް ކެއާސް"ގެ ނަމުގައި މުޖްތަމައުގެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތެއް ކުރިޔަށް ގެންދާނެއެވެ. އެގޮތުން މިއަހަރު މި ހަރަކާތުގެ ތެރެއިން އެހީވާން ނިންމާފައި ވަނީ ކެއާ ސޮސައިޓީގައި ފަރުވާ ހޯދަމުންދާ ކުދިންނަށެވެ. މިދިޔަ އަހަރު ޓްވިޓްސަލް ކެއާސްއިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މީހުންނަށެވެ.  

މި މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގެވެ.

މިއީ 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތަކަށްވާއިރު މި މުބާރަތަށް ލިބޭ ތަރުހީބު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މި މުބާރާތުގެ ކުޅުން މިއަދާއި މިރޭގެ ވަގުތުތަކުގައި މާފަންނު ސްޓޭޑިއަމްގެ ޓާފް 2 ގައި ކުރިޔަށްދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް