ކ. މާލެ
|
8 ޑިސެންބަރ 2017 | ހުކުރު 17:21
ނޭމާ ނޫސްވެރިންނަށް މައުލޫމާތު ދެނީ
ނޭމާ ނޫސްވެރިންނަށް މައުލޫމާތު ދެނީ
ޓްވިޓަރ
ނޭމާ - ރެއާލް
ބެލެންޑޯ އެވޯޑް ހޯދަން ނޭމާ އަށް ފުރުސަތު ބޮޑީ ރެއާލްގައި: ރެއާލްގެ ރައީސް
 
ނޭމާ ހޯދަން ރެއާލް އިން މަސައްކަތްކުރިކަން އެންމެންނަށް އެނގޭ

ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑު ހޯދަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ނޭމާ އަށް ފުރުސަތު ބޮޑީ ރެއާލް މެޑްރިޑްގައި ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕެރޭޒް ވިދާޅުވީ، ނޭމާ ހޯދަން ރެއާލް އިން މަސައްކަތްކުރިކަން އެއީ އެންމެންނަށް އެނގޭ ހަގީގަތެއް ކަމަށާއި، އެއީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން ޕެރޭޒް ވިދާޅުވީ، ނޭމާ ފަދަ ކުޅުންތެރިޔަކަށް ބެލެންޑޯ ފަދަ އެވޯޑެއް ހާސިލްކުރުމަށް އެންމެ ފުރުސަތު ބޮޑުވާނީ ރެއާލްއާ އެކު ކަމަށެވެ.

މިދިޔަ އޯގަސްޓް މަހު ވޯލްޑް ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ބާސާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވިއިރު، އެ ކްލަބާ އެކު އޭނާ ވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ނޭމާ ވަނީ ޕީއެސްޖީ އަށް ބަދަލުވެ، މިހާތަނަށް އެޓީމަށް ކުޅުނު 18 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާ އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާ އެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 83 މެޗުގައި 53 ލަނޑު ޖަހާފައެވެ. ހަމައެހެންމެ އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމާ އެކު 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށް 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގައި ރަން މެޑަލް ހޯދައިދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
8 ޑިސެންބަރ 2017 | ހުކުރު 20:15
ސޯމާ
ކަލޯ މި ޕެރޭޒްމީ ކޯޢްޗެއް އެނގިގެންއުޅޭ މީހެއް..