ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 15:41
މެސީއަށް ލިބުނު ފަސް ބެލެންޑޯއާ އެކު އޭނާ ހުއްޓިލައިގެން
މެސީއަށް ލިބުނު ފަސް ބެލެންޑޯއާ އެކު އޭނާ ހުއްޓިލައިގެން
ގެޓީ އިމޭޖަސް
ލިއޮނެލް މެސީ
ބެލެންޑޯއަކީ މުހިންމު އެވޯޑެއް ނޫން: މެސީ
 
މިފަހަރުގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރަނީ މެސީގެ އިތުރުން ރޮނާލްޑޯ
 
އޭނާގެ އެންމެ ބޮޑު އަމާޒަކީ ގައުމީ ޓީމާ އެކު ތައްޓެއް ހޯދުން ކަމަށް މެސީ ބުނި
 
މެސީއަކީ ތާރީހުގައި ވެސް މި އެވޯޑު ފަސް ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ

ފްރާންސް ފުޓްބޯލްއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑަކީ މުހިންމު އެވޯޑެއް ނޫން ކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މި އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް އެ މަޖައްލާގެ ފަރާތުން ދޭ އެވޯޑެކެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް "ފީފާ ބެލެންޑޯ" ގެ ނަމުގައި އެވޯޑް ދިން ނަމަވެސް "ފްރާންސް ފުޓްބޯލް" އިން ވަނީ މިދިޔަ އަހަރުން ފެށިގެން ފީފާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އަނެއްކާ ވެސް އެ މަޖައްލާގެ ނަމުގައި އެ އެވޯޑް ދޭން ފަށާފައެވެ.

މި އެވޯޑު 2015 ވަނަ އަހަރު ހޯދުމާއިއެކު މެސީ ވެގެންދިޔައީ ތާރީހުގައި ވެސް މި އެވޯޑު ފަސް ފަހަރު ކާމިޔާބު ކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. އެހެން ނަމަވެސް މި އަހަރުގެ އެވޯޑު ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެނަމަ އޭނާއަށް މެސީއާ އަރާ ހަމަކުރެވޭނެއެވެ.

މިކަމާއި ގުޅޭގޮތުން މެސީ ބުނީ އަމިއްލަ މީހާއަށް ލިބޭ އެވޯޑުތަކަށް ވުރެ ޓީމަށް ލިބޭ ތައްޓަށް މާ ބޮޑަށް އިސްކަންދެވޭ ކަމަށާއި އަމިއްލަ މީހާއަށް ލިބޭ އެވޯޑުތަކަކީ އެއްވެސް ވަރަކަށް މުހިންމު އެއްޗެއް ނޫން ކަމަށެވެ. އަދި ފަސް ފަހަރު މި އެވޯޑު ލިބިފައިވާ ކަމަށާއި އިތުރަށް މި އެވޯޑު ހޯދުމަށް އިސްކަންދޭން ބޭނުންނުވާ ކަމަށް ވެސް 'ޓީވައިސީ ސްޕޯޓްސް' އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނެފައިވެއެވެ.

އޭނާ ބުނީ ޓީމާއެކު އެންމެ ކާމިޔާބުކުރަން ބޭނުންވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކަމަށާއި މި ސީޒަނުގައި ވެސް ބާސާއާ އެކު މި ދެ މުބާރާތް ކާމިޔާބު ކުރުމަށް އުއްމީދުކުރާ ކަމަށެވެ.

އާޖެންޓީނާގެ ގައުމީ ޓީމާއެކު ބައިނަލްލަގްވާމީ މުބާރާތެއް ކާމިޔާބުކުރެވިފައި ނުވާތީ މެސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއެވެ. މިކަމާއި ގުޅޭގޮތުން މެސީ ބުނީ ޖެހިޖެހިގެން ތިން ފައިނަލެއްގައި ކުޅެ ބަލިވުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށާއި އޭނާގެ އެންމެ ބޮޑު އަމާޒަކީ ގައުމީ ޓީމާއެކު ތައްޓެއް ހޯދުން ކަމަށެވެ.

މި ސީޒަނުގެ ބައެއް މެޗުތަކުގައި މެސީ ބެންޗުން ފެންނަމުންދިޔުމާއި ގުޅޭ ގޮތަކުން އޭނާ ބުނީ އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވާ ކަމަށާއި އެހެންކަމުން ބެންޗުން މެޗުތައް ފެށުމުގައި އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ސީޒަނުގެ ފަހުކޮޅަށްދާއިރު ފިޓުކޮށް ހުރުން ކަމަށް ވެސް މެސީ ބުނެފައިވެއެވެ.

މި އަހަރުގެ ބެލެންޑޯ އެވޯޑު ލިބޭ ކުޅުންތެރިޔަކު މި ހަފްތާގައި އެނގިގެންދާއިރު މިފަހަރުގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރަނީ މެސީގެ އިތުރުން ރޮނާލްޑޯއެވެ. ފާއިތުވެދިޔަ 10 އަހަރުތެރޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިފައިވަނީ މި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ