ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 17:54
ކީލިއަން އެމްބަޕޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކީލިއަން އެމްބަޕޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބަޔާން އަތުން ޕީއެސްޖީ ބަލިވި ނަމަވެސް ގްރޫޕްގެ އެއް ވަނަ އެޓީމަށް
 
ތިން ވަނަ ހޯދައި ޔޮރޮޕާ ލީގުގެ ނޮކައުޓް ބުރުން ޖާގައެއް ކަށަވަރުކުރީ ސެލްޓިކް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން އަތުން ޕީއެސްޖީ ބަލިވި ނަމަވެސް ގްރޫޕް "ބީ"ގެ އެއް ވަނަ އެ ޓީމުން ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ޕީއެސްޖީއާ ވާދަކޮށް ބަޔާނުން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އަށް ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވެންޑޯސްކީއެވެ. މި ލަނޑަށް ފަހު ވެސް ބަޔާނަށް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާން އަށް ލީޑު ފުޅާކޮށްދިނީ ޓޮލީސޯއެވެ. މި ލަނޑުތަކާ އެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޕީއެސްޖީގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޕީއެސްޖީން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން 50 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބަޕޭއެވެ.

އެހެން ނަމަވެސް 69 ވަނަ މިނެޓުގައި ބަޔާނުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓޯލީސޯއެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ ވަނީ 15 ޕޮއިންޓް ހަމަކޮށް ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ދެވަނަ ހޯދި ބަޔާންއަށް ވެސް ލިބުނީ 15 ޕޮއިންޓެވެ. އެހެން ނަމަވެސް އެޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނަ ހޯދައި ޔޫރޮޕާ ލީގުގެ ނޮކައުޓް ސްޓޭޖުން ޖާގައެއް ކަށަވަރުކުރީ ސެލްޓިކެވެ. ގްރޫޕްގެ ފުލަށް ދިޔައީ އަންޑަލެކްޓްއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް