ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 17:34
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ގްރޫޕް ޑީގެ އެއްވަނަ ބާސާ އަށް، ދެވަނަ ޔުވެންޓަސްއަށް
 
ޔުވެންޓަސް ވަނީ 11 ޕޮއިންޓް ހާމަކޮށް، ގްރޫޕްގެ ދެވަނަ ހޯދާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް "ޑީ"ގެ އެއްވަނަ ބާސެލޯނާ ހޯދިއިރު، ދެވަނަ ޔުވެންޓަސް ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް "ޑީ" ގައި ކުޅުނު މެޗު ސްޕޯޓިން ސީޕީއާ ވާދަކޮށް، ބާސާ އިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ސްޕޯޓިންގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގައި ސްޕޯޓިން އިން ވަނީ މޮޅު ޑިފެންސެއްކޮށް ބާސާގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. ފުރަތަމަ ހާފްގައި ސްޕޯޓިން އަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ނުލިބެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާއިން ވަނީ ލީޑު ނަގާފައެވެ. އެޓީމަށް 59 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަލްކަސާއެވެ.

މި ލަނޑަށް ފަހު ބާސާ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ވަނީ ފުލުފުލުގައި ފުރުސަތު ހޯދާފައެވެ.

ބާސާ އިން މެޗުގެ ލީޑު ފުޅާކުރީ އިތުރު ވަގުތުގެ ތެރޭގައި ސްޕޯޓިންގެ ޖެރިމީ މެތިއު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

 

އަންގާރަ ދުވަހުގެ ރޭ އޮލިމްޕިއާކޮސްއާ ވާދަކޮށް ޔުވެންޓަސް މޮޅުވީ 0-2 އިންނެވެ.

އޮލިމްޕިއާކޮސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 15 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުޑްރާޑޯއެވެ.

މި ލަނޑަށް ފަހު ވެސް ޔުވެންޓަސް އިން ދިޔައީ އޮލިމްޕިއާކޮސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އޮލިމްޕިއާކޮސްގެ މައްޗަށް ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ޔުވެންޓަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ އޮލިމްޕިއާކޮސްގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް ފުލުފުލުގައި ފޮނުވާލާފައެވެ. ޔުވެންޓަސް އިން މެޗުގެ ލީޑު ފުޅާކުރީ އިތުރު ވަގުތުގައި ބޭނާޑެސްޗީ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް ވަނީ 11 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ ދެވަނަ ހޯދާފައެވެ. ގްރޫޕްގެ އެއްވަނަ 14 ޕޮއިންޓާ އެކު ހޯދީ ބާސާއެވެ. ހަތް ޕޮއިންޓާއެކު ތިން ވަނަ ހޯދީ ސްޕޯޓިންއަށެވެ. އެޓީމު ގަދަ 16 އަށް ނުގޮސް ކެޓި ނަމަވެސް، ޔޫރޮޕާ ލީގުން ވަނީ ޖާގަ ހޯދާފައެވެ. ގްރޫޕްގެ ފުލަށް ދިޔައީ އެއް ޕޮއިންޓާ އެކު އޮލިމްޕިއާކޮސްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް