ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 17:12
މި މުބާރާތުގެ މެޗެއްގެ ތެރެއިން
މި މުބާރާތުގެ މެޗެއްގެ ތެރެއިން
ރާއްޖެއެމްވީ
ކަދާ އިންވިޓޭޝަން ކަޕް
ކަދާ އިންވިޓޭޝަން ކަޕް ފޯރިއާ އެކު ކުރިޔަށްދަނީ
 
ފައިސާގެ އިނާމެއްގެ ގޮތުން 50000ރ. ކަނޑައަޅާފައިވޭ
 
ޖުމްލަ ހަ ޓީމަކުން ބައިވެރިވޭ

ގދ. ވާދޫ ޔުނައިޓެޑް އެލަޔަންސް އޮފް ވާދޫ (ޔޫއޭވީ) ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ "ކަދާ އިންވިޓޭޝަން ކަޕް 2017" ފުޓްސަލް މުބާރާތުގެ ކުޅުން ފޯރިއާ އެކު އެ ރަށުގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

ޖުމްލަ ހަ ޓީމަކުން ބައިވެރިވާ މި މުބާރާތުގެ މެޗުތައް ކުޅެނީ ގްރޫޕް ސްޓޭޖަށެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި ވެސް ތިން ޓީމު ހިމެނިފައި ވެއެވެ.

ގްރޫޕް "އޭ" ގެ ފުރަތަމަ މެޗުގައި އެފްސީ އޭ އާއި ދަ ލެޖެންޑްސް ކުޅުނު މެޗު 6-1 އިން ކާމިޔާބުކުރީ ދަ ލެޖެންޑްސް އެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދަ ލެޖެންޑްސް ޓީމްގެ ޖާޒީ ނަމްބަރު 10، ޢަލީ މާއިޝް (މައްޓު) އެވެ. މި މެޗްގައި ލަނޑުތައް ޖަހާފައި ވަނީ ޢަލީ މާއިޝް (މައްޓު) އާއި އަޔާޒު އަޙްމަދު (އަޔާ) އަދި އަޙްސަދު އާދަމް (ސަދު) އެވެ.

ގްރޫޕް "އޭ" ގެ ދެވަނަ މެޗުގައި ކްލަބް ޓީއެންޓީ އާއި ދަ ލެޖެންޑްސް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދަ ލެޖެންޑްސް ޓީމެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދަ ލެޖެންޑްސް ޓީމްގެ ޖާޒީ ނަންބަރު 10 ޢަލީ މާއިޝް (މައްޓު) އެވެ. މި މެޗްގައި ލެޖެންޑްސް ޓީމްގެ ޢަލީ މާއިޝް (މައްޓު) ހެޓްރިކް ހަދާފައިވާއިރު އެ ޓީމުގެ އަނެއް ލަނޑު ޖަހާދިނީ ހުޒެއިފަތުﷲ ރަޝީދު(ހުޒޭ) އެވެ. ކްލަބް ޓީއެންޓީގެ ހަމަ އެކަނި ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އަރުގަމް އިބްރާޙިމް (އެންޑީ) އެވެ.

ގްރޫޕް "ބީ" ގެ ފުރަތަމަ މެޗުގައި އެފްސީ ގޫވަލް އަދި ޕާކް ބޯއިސް ބައްދަލުކުރި މެޗު 5-3 އިން ކާމިޔާބުކުރީ އެފްސީ ގޫވަލްއެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެސް އެފްސީ. ގޫވަލްގެ ޖާޒީ ނަންބަރު 99، އަލީ ހާފިޒް (ހާއްޕެ) އެވެ. މި މެޗްގައި ގޫވަލް ޓީމުން ލަނޑު ޖަހާފައި ވަނީ އަލީ ހާފިޒް (ހާއްޕެ) އާއި ހުޒޭފަތު އިބްރާޙީމް (ހުޒޭ) އެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި އެފްސީ ގޫވަލް އާއި ޕާކް ޖޫނިއާސް ކުޅުނު މެޗު 7-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ގޫވަލްއެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެފްސީ. ގޫވަލްގެ ޖާޒީ ނަންބަރު 99، އަލީ ހާފިޒް (ހާއްޕެ) އެވެ. މި މެޗްގައި ގޯލްތައް ޖަހާފައި ވަނީ ޢަލީ ހާފިޒް (ހާއްޕެ) އަދި އަޙްމަދު ވިސާމް (އަންދު) ގެ އިތުރުން މުއްރަތު އަހްމަދު (މުއްރާ) އެވެ.

 

ޔޫއޭވީ ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި މި މުބާރާތަކީ އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމަށް ހިންގާ މުބާރާތެކެވެ. މި މުބާރާތުގެ ފައިސާގެ އިނާމެއްގެ ގޮތުން 5،0000 (ފަންސާސް ހާސް ރުފިޔާ) ކަނޑައެޅިފައިވާއިރު މި މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅެންތެރިން ކުޅެމުންދާކަން ޔޫއޭވީއިން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް