ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 11:38
2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މި ދެ ޓީމު ކުޅުނު މެޗުގެ ތެރެއިން
2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މި ދެ ޓީމު ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2018
ނައިޖީރިއާ ދެކެ އާޖެންޓީނާ ބިރު ގަންނާނެ: މޯސެސް
 
މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗު ފަހަތުން އަރައި 4-2 ނަތީޖާއަކުން ކާމިޔާބުކުރީ ނައިޖީރިއާ
 
މިއީ އާޖެންޓީނާއާއި ދެކޮޅަށް ނައިޖީރިއާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ނުކުންނަ ފަސްވަނަ ފަހަރު
 
ރަޝިއާގައި ފަށާ ވޯލްޑް ކަޕުގައި ނައިޖީރިއާ ލައްވާލީ އާޖެންޓީނާ އާއި އެއް ގްރޫޕެއްގަ

ވޯލްޑް ކަޕުގައި ނައިޖީރިއާ އާއި ދެކޮޅަށް ކުޅުމަށް އާޖެންޓީނާ ބިރު ގަންނާނެ ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ އެ ގައުމުގެ ހުނަރުވެރި ކުޅުންތެރިޔާ ވިކްޓާ މޯސެސް ބުނެފިއެވެ.

އަންނަ އަހަރުގެ ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕުގައި ނައިޖީރިއާ ލައްވާލީ އާޖެންޓީނާ އާއި އެއް ގްރޫޕެއްގައެވެ. މި ދެ ގައުމުގެ އިތުރުން ދެން މި ގްރޫޕުގައި ހިމެނެނީ ކްރޮއޭޝިއާ އާއި އައިސްލޭންޑްއެވެ.

މި ދެ ގައުމު ވަނީ މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެއް ގްރޫޕުއްގައި ހިމެނިފައެވެ. މިއީ އާޖެންޓީނާއާއި ދެކޮޅަށް ނައިޖީރިއާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ނުކުންނަ ފަސްވަނަ ފަހަރެވެ. އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'މިރާ އޮންލައިން' އާއި ވާހަކަ ދައްކަމުން މޯސެސް ބުނީ ކޮންމެވެސް ސަބަބަކާއި ގުޅިގެން ކޮންމެ ފަހަރަކުވެސް އާޖެންޓީނާއާއި އެއް ގްރޫޕެއްގައި ލައްވާލާ ކަމަށެވެ.

މެސީ ހުންނަ ޓީމަކާއި ދެކޮޅަށް ނުކުންނަން ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް އާޖެންޓީނާއާއި އެއް ގްރޫޕުއްގައި ލައްވާލުމުން އެކަމުން ރެކެވެން ނެތްކަމަށް ވެސް މޯސެސް މި އިންޓަވިއުގައި ބުނެފައިވެއެވެ. ހަމައެހެންމެ މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑް ކަޓުވާލުމަށް ފަހު އައިސްލޭންޑް ކުއާޓާ ފައިނަލްއަށް ދަތުރުކުރުމުން ދައްކުވައިދެނީ ފުޓްބޯޅައިގައި ކޮންމެ ކަމަކީވެސް ވެދާނެ ކަމެއް ކަމަށް މޯސެސް ބުނެފައިވެއެވެ.

އެހެންކަމުން މިއީ ފުޓްބޯޅަ ކަމަށާއި ނައިޖީރިއާއަށް ވެސް މެސީ ހުންނަ ޓީމެއް ބަލިކުރެވިދާނެ ކަމަށް މޯސެސް ބުނެފައިވެއެވެ. އަދި ނައިޖީރިއާ އާއި ދެކޮޅަށް ކުޅުމަށް އާޖެންޓީނާ ބިރުގަނެ ފަސްޖޭހޭނެ ކަމަށްވެސް މޯސެސް މި އިންޓަވިއުގައި ބުނެފައިވެއެވެ.

ހަމައެހެންމެ ޗެލްސީގައި ތިބި ހުރިހާ އެންމެން ވެސް ބުނަމުންދަނީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ނައިޖީރިއާ ކުޅޭ މެޗުތަކުން އެ ޓީމު ބޮޑު ތަފާތުތަކަކުން ބަލިވާނެ ކަމަށާއި އަދި ގްރޫޕް ސްޓޭޖުން ކަޓާނެ ކަމަށް ވެސް ޗެލްސީގައި ތިބި އޭނާގެ ރައްޓެހިން ބުނަމުންދާ ކަމަށް މޯސެސް ބުނެފައިވެއެވެ.

މޯސެސް ބުނީ އޭނާގެ އަމާޒަކީ މިހެން ބުނަމުންދާ މީހުންނަށް ރައްދު ދީ ގައުމު ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުން ކަމަށެވެ. ހަމައެހެންމެ ނައިޖީރިއާ ވޯލްޑް ކަޕާއި ކުރިމަތިލާނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުމުގެ އުއްމީދުގައި ކަމަށްވެސް މޯސެސް ހާމަކުރިއެވެ.

އެންމެފަހުން ބޭއްވުނު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާޖެންޓީނާއެވެ. އެ މެޗުގައި މެސީ އާޖެންޓީނާއަށް ދެ ލަނޑު ޖަހައިދިނެވެ. މި ދެ ޓީމުގެ ދެމެދު މިހާތަނަށް އަށް މެޗު ކުޅެވިފައިވެއެވެ. އޭގެތެރެއިން ނައިޖީރިއާ މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ނައިޖީރިއާ ފަސް މެޗުން ބަލިވިއިރު އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މި ދެ ޓީމު އެންމެ ފަހުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ފަހަތުން އަރައި 4-2 ނަތީޖާއަކުން ކާމިޔާބުކުރީ ނައިޖީރިއާއެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕުގައި މި ދެ ޓީމު ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު ސެއިންޓް ޕީޓަސްބާގްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް