ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 20:42
އުރުގުއޭގެ ކެޕްޓަން ލުއިސް ސުއަރޭޒް (ކ) އަދި ބްރެޒިލްގެ ކެޕްޓަން ނޭމާ (ވ)
އުރުގުއޭގެ ކެޕްޓަން ލުއިސް ސުއަރޭޒް (ކ) އަދި ބްރެޒިލްގެ ކެޕްޓަން ނޭމާ (ވ)
ރޮއިޓަރސް
ލުއިސް ސުއަރޭޒް - ނޭމާ
ނޭމާގެ ގޮތް އެނގޭ، އޭނާ ރެއާލް އަށް ބަދަލެއް ނުވާނެ: ސުއަރޭޒް
 
ބާސާ ދޫކޮށްލަން ސުއަރޭޒްއަށް އުނދަގޫވި
 
ނޭމާ ޕީއެސްޖީއަށް ބަދަލުވީ އާއިލާގެ ނުފޫޒު ނެތި

ދާދި ފަހުން ބާސެލޯނާ ދޫކޮށްލުމަށް ފަހު ފަރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވި ނޭމާގެ ގޮތް ވަރަށް އެނގޭ ކަމަށާއި، އޭނާ ރެއާލް މެޑްރިޑަށް ބަދަލުނުވާނެ ކަމަށް ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

މާސާ އަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނީ ބާސާ އަށް ނޭމާ ވަރަށް ގަޔާވާ ކަމަށާއި، ރެއާލް ފަދަ ކްލަބަކަށް ބަދަލުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ޕީއެސްޖީއަށް ނޭމާ ބަދަލުވީ އޭނާގެ ބައްޕަގެ ނުފޫޒުން ކަމަށް އަޑުފެތުރެމުންދާ ދަނޑިވަޅެއްގައި ސުއަރޭޒް ބުނީ ޕީއެސްޖީއަށް ބަދަލުވާން ނިންމީ ނޭމާ އަމިއްލައަށް ކަމަށެވެ. އެގޮތުން ސުއަރޭޒް ބުނީ ނޭމާއަކީ އާ ކަންތައްތަކާ ކުރިމަތިލާން އަބަދުވެސް ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި، އޭނާ ޕީއެސްޖީއަށް ބަދަލުވާން ނިންމީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.

އެހެން ނަމަވެސް ސުއަރޭޒް ބުނީ ބާސާގައި ނޭމާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، ކްލަބް ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ. އެގޮތުން ކްލަބް ދޫކޮށްލަން ޖެހުމުން ނޭމާ އަށް ވަރަށް އުނދަގޫވި ކަމަށް ވެސް ސުއަރޭޒް ވަނީ ބުނެފައެވެ.

މިދިޔަ އޯގަސްޓް މަހު ވޯލްޑް ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ބާސާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވިއިރު، އެ ކްލަބާ އެކު އޭނާ ވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ބްރެޒިލް ގައުމީ ޓީމުގެ ކެޕްޓަކަން ވެސް ކުރަމުން އަންނަ ނޭމާ ވަނީ ޕީއެސްޖީ އަށް ބަދަލުވެ، މިހާތަނަށް އެޓީމަށް ކުޅުނު 17 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް